ޓިކްޓޮކް، އުރީދޫ އާއިއެކު ރާއްޖެ އަތުވެއްޖެ
ދެންމެ | 29 އޭޕްރިލް 2024

އުރީދޫ މޯލްޑިވްސް، ސޯޝަލް މިޑިއާގެ މަޝްހޫރު ޕްލެޓްފޯމް ޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގައި ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނީ އެ ޕާޓްނަރޝިޕާ އެކު އުރީދޫއިން ރަސްމީކޮށް ޓިކްޓޮކަށް ރާއްޖެއަށް މަރުހަބާ ކިޔައިފައިވާ ކަމަށެވެ. މި ޕާޓްނަޝިޕް އިއުލާނުކުރެވުނީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

 

އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވާކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއާކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމަމިއާއެކު، އުރީދޫއިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއްވެސް މި އިވެންޓްގައި ވަނީ ލޯންޗްކޮށްފައެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަންވެސް އުރީދޫއިންދެއެވެ.

 

”އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނާޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެކެވެ. ޓިކްޓޮކާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.“ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!