މުއްސަދިވާން ބޭނުން ނަމަ ރަގަޅު އެންމެ އަންހެނެއް ހޯދާ!
ދެންމެ | 01 މެއި 2024

ނަޞޭޙަތުގެ ބަސްކޮޅެއްގެ ގޮތުން ބިލިއަނަރަކު ބުނެފައިވެއެވެ.

1 ތިބާއަށް ތަނަވަސްކަން ލިބުނީ ޢާއިލާގެ ސަބަބުން ކަމުގައިނުވާނަމަ ފަޤީރު ޢާއިލާތަކަކަށް ތަނަވަސްކަން ހޯދައިދީ ތިބާފަދައިން މުއްސަނދިކުރުވާށެވެ! އެކަމުން ތިބާ ފަޤީރެއް ނުވާނެއެވެ. އިތުރަށް މުއްސަނދިވާނީއެވެ.

2 އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ.

3 މީހުން ފާޑުކިޔުމުން އަޅައިނުލާށެވެ! ފާޑުކިޔާނީ ތިބާއަށްވުރެ ދަށުދަރަޖައިގެ މީހަކަށްވީމައެވެ.

4 ހާޞިލުކުރަން ބޭނުންވާކަމެއް އެއްފަހަރުން ޙާޞިލުނުވިނަމަ ދެވަނަ ފަހަރު އެކަމަށް ކުރިމަތިލާންވާނީ ކުރިން ފޭލްވި ސަބަބުދަސްކޮށް އެކަން ނައްތާލުމަށްފަހުގައެވެ.

5 މީހުން ބޭނުންވާ ކަންކަން ކޮށްނުދިނުމުން އެމީހުން މޮޔަވާނެއެވެ. ނަމަވެސް މީހުންނަށް ކަންކަން ކޮށްދޭންވާނީ އެކަމެއް ކޮށްދިނުމުން އެމީހަކަށް ފައިދާނެކަން ޔަޤީންކުރުމަށްފަހުގައެވެ. ނޫންނަމަ އެމީހަކަށް އެކަމުން ލިބޭނީ ގެއްލުމެވެ.

މި 5 ކަންތަކަކީވެސް އަގުހުރި ނަޞޭހަތެވެ. ދުނިޔަވީ ދިރިއުޅުމަށްބަލާއިރު މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ 2 ވަނަ ކަންތަކެވެ. “ އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ.“މިއީ ދިރިއުޅުމަށް އެންމެ އަގުހުރި ނަޞޭހަތެވެ. ގިނަ ބައަކު ނިކަމެތިވެ ފަޤީރުވަމުން އެދަނީ މި ނަބޭޙަތުގައި ނުހިފެހެއްޓޭތީއެވެ.

ދެން ބަލައިލަން ބޭނުންވަނީ ފުރަތަމަ ނަޞޭޙަތަށެވެ. “ ތިބާއަށް ތަނަވަސްކަން ލިބުނީ ޢާއިލާގެ ސަބަބުން ކަމުގައިނުވާނަމަ ފަޤީރު ޢާއިލާތަކަކަށް ތަނަވަސްކަން ހޯދައިދީ ތިބާފަދައިން މުއްސަނދިކުރުވާށެވެ! އެކަމުން ތިބާ ފަޤީރެއ ނުވާނެއެވެ. އިތުރަށް މުއްސަނދިވާނީއެވެ.“

އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަޤީރުންނަށް އެހީތެރިވެ އެމީހުންގެ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރާ މީހާގެ ތަނަވަސްކަން ﷲ ތަޢާލާ އިތުރުކޮށްދެއްވަވާނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!