ޑީއާރުޕީ ފުޑާލައި ތޮށިގަނޑަކަށް ހަދާލި ބައިގަނޑު އެމްޑީޕީ ޖަހައިގެންފި
ދެންމެ | 19 މެއި 2023

އަހުމަދު ތަސްމީން އަލީ އާއި އަބުދުﷲ ސާހިދާއި ރޮޒައިނާ އާދަމާއި މަވޯޓާ ސަރީފާއި ޑރ. މައުސޫމާއި ރޮޒައިނާ ފިރިސޮރު ނާސިޒުގެ އިތުރުން ތަސްމީން އަންހެނުން ވިސާމް ފަދަ މީހުންނަކީ ރައީސް މައުމޫން އަތުން ޑީއާރުޕީ ވެސް ޖަހައިގެން ފޭރިގަތް ގުރޫޕެވެ.

ރައީސް މައުމޫން އަތުން ޑީއާރުޕީ ޖަހައިގަނެ ހިންގަން ނޭނގި އެޕާޓީ ވެސް ވީ އަވައްޖެވެ. މި ބައިގަނޑު ޑީއާރުޕީއަށް ދިން އަނިޔާތަކަށް ކެތްނުކުރެވިގެން އެތައް އަހަރަކު ކޯމާއެއްގައި އޮތުމަށް ފަހު ޑީއާރުޕީ ވެސް އަޅުގަނޑުމެންނާއި ވަކިވެ ދިޔައީ އެވެ މިއަދު ހަމަ އެބައިގަނޑު ނިކުމެ އެޖަހައި ގަތީ އެމްޑީޕީ އެވެ. ކޮންފަދަ ނުބައި ޖައްބާރު ބައިގަނޑެއް ހެއްޔެވެ.

ފެއިލްވުމުގެ ދިގު ތާރީހެއް އޮތް ތަސްމީން ގުޅިފައިވާ މި ނުބައި ގުރޫޕްގެ ނުބައި ރޭވުންތަކުން އެމްޑީޕީއަކަށް ވެސް ސަލާމަތެެއް ނުވެވުނެވެ. އެމްޑީޕީ ވެސް އެމީހުންގެ ސިކާރައަކަށް ހަދައި ޖަހައިގެންފި އެވެ. ކަނޑުފޭރޭ ބައިގަނޑެއް ފަދަ އެވެ.

ޑރ. ވަހީދަށް ވެސް މިފަދަ ބޮޑު ވޭނަކާއި ދޯކާއެއް މި ބައިގަނޑު ދިނެވެ. ދިވެހި ތާރީހްގައި ޑރ. ވަހީދުގެ ނަން ދީފައި ވަނީ 5 ޕަސެންޓްގެ ގޮތުގަ އެވެ.  ތަސްމީނަކީ ޑރ. ވަހީދުގެ 5 ޕަސެންޓްގެ ހިއްސާދާރެވެ.

އެމްޑީޕީގެ ތެރެރޭގެ މައްސަލަތައް ތިލަވަމުން ފާޅުވަމުން ގޮސް އެންމެ ފަހުން މިވަނީ ގޯނިން ބޭރުވެފައެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ އެއް ބަޔަކު އަނެއް ބަޔަކަށް ދުލަށް ތިލަވީހާ އެއްޗެއް ގޮވަމުން ގޮސް ޕާޓީގެ އިސް ބޭފުޅުންތަކެއް ޕާޓީން ދޫކުރައްވާ ވަޑައިގެންނެވީއެވެ.

”އެމްޑީޕީ އުފަންވުމާ އެކު އެޕާޓީ އަކަށް ވަންއިރު އޮތް ގޮތް ނޫން، ވައްކަމުގެ ނެޓްވާކަކަށް ބަދަލުވުމާ ގުޅިގެން މިއަދުން ފެށިގެން އެ ނެޓްވާކުގެ ބައިވެރިއެއްގެ ނަމުގައި ނުހުރުމުގެ ގޮތުން ވަކިވެއްޖައިމުއެވެ“ އިމްތިޔާޒް ފަހުމީ

މިއީ އެމްޑީޕީއަށް އެތައް ގުރުބާނީއެއް ވީ އެއް މޭފުޅަކު އެޕާޓީ ދޫކުރައްވަ ވަޑައިގެންނެވުމަށް ބުނުއްވި ބަސްކޮޅެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މި ވިދާޅުވަނީ އެވާހަކައެވެ. އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ސަބަބަކަށް މިދައްކަނީ ޒަމާނުއްސުރެ އެމްޑީޕީގެ ގްރާސްރޫޓް މެމްބަރުންގެ ތާއީދު ހޯދުމަށް އެމްޑީޕީން ދެއްކި ވާހަކަ އެވެ. ”ފިކުރެއްގެ ދިރުން“ ނިކުމެތިބީ ރައީސް ނަޝީދުގެ ތާއީދާ އެކުގައެވެ. އެމްޑީޕީގެ އޮޑި ނޫން އޮޑިއެއްގައި ދަތުރައް ތައްޔާރުވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.

މި ފަހުން އެކުއެކީ ކަހަލަ ގޮތަކަށް އުފެދުނު ދެ ޕާޓީގެ ތެރެއިން މި ބައިގަނޑުގެ ނުބައި ރޭވުމުން ޑީއާރުޕީ ފަނާ ކޮށްލާފައިވާއިރު އެމްޑީޕީއަށް ޖައްސާނީ ކޮން ހާލެއް ބާ އެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!