އަންހެން ހެދުން އަޅައި، އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވީޑިއޯތައް އާއްމު ކުރުމުގެ މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ރަނޑު ޔާޔާ ނަބީލް އިއްޔެވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ބަންދު މަޖިލީހުގައި އޭނާ ބުނެފައިވަނީ އޭނާ އެކަން ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށެވެ.
ޔާޔާގެ ނަމުގައި މަޝްހޫރުވެފައިވާ ރަނޑު މި ފިރިހެން މީހާ ހައްޔަރުކޮށްފައި މިވަނީ ފަހަކަށް އައިސް އަނެއްކާވެސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ޔާޔާގެ މައްޗަށް ފުލުހުން ވަނީ މީގެކުރިންވެސް އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރިޔަސް ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.