ސަރުކާރު ކުންފުނިތަކުން ވަގަށް ނެނގި 50 މިލިޔަނުން ހޯދުނީ ލައްކައެއް: އޭސީސީ
ދެންމެ | 14 މެއި 2024

ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަނބުރާ 50 މިލިއަން ރުފިޔާ ހޯދަން އެދިފައިވާ ކަމަށާއި ހޯދުނީ އެއް ލައްކަ ރުފިޔާ ކަމަަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

 

އޭސީސީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން 50،370،521 ރުފިޔާ ހޯދަން އެދިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދައުލަތުން ހިންގާ ކުންފުނިތަކުގައި އެދިފައިވާ މިންވަރެވެ. އެ ކުންފުނިތަކުން އެކަނިވެސް 50،345،542 ރުފިޔާ އަނބުރާ ހޯދަން އެދިފައިވާ ކަމަށް މިއަދު އާއްމުކުރި ރިޕޯޓުގައި ބުންޏެވެ.

 

އޭގެ ތެރެއިން ހޯދިފައިވަނީ 234,531.57 ރުފިޔާއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަނބުރާ ހޯދުނީ 181,352.15 ރުފިޔާ އެވެ.

 

ފައިސާ އަނބުރާ ހޯދުމަށް އެދުދު އަދަދު

 

ހެލްތް މިނިސްޓްރީ: 7,779.75 ރުފިޔާ

އިސްލާމިކް މިނިސްޓްރީ: 2,200 ރުފިޔާ

މުސްތަގިއްލު އިދާރާތަކާއި ކޮމިޝަންތައް: 15,000 ރުފިޔާ

ފައިސާ އަނބުރާ ހޯދުނު އެދުނު އަދަދު

 

އެޑިއުކޭޝަން މިނިސްޓްރީ: 29,120 ރުފިޔާ

ސިޓީ ކައުންސިލް: 10،500 ރުފިޔާ

ރަށު ކައުންސިލް: 13,559.42 ރުފިޔާ

ސަރުކާރު/ސަރުކާރު ހިއްސާވާ ކުންފުނިތައް: 181,352.15 ރުފިޔާ

ޕީޖީ އޮފީހުން ދައުވާކުރުމަށް ބަލައިގަތް މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު

 

ޕީޖީ އޮފީހަށް ފޮނުވުނު މައްސަލައިގެ އަދަދު : 6

ޕ.ީޖީ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު: 4,704,345.95 ރުފިޔާ

ޕީޖީ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ހިމެނޭ ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވާ ފައިސާގެ އަދަދު 4,554,345.95 ރުފިޔާ

އެ ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު، ކޮރަޕްޝަނާ ގުޅުން ހުރި 742 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ.

 

އޭގެ ތެރެއިން 209 މައްސަލަ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްދުވާ މައްސަލަތަކެވެ. ޕްލޭނިނ،ް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ ގުޅޭ 190 މައްސަލަ ހުށަހެޅިފައިވާއިރު ރަށް ރަށުގެ ކައުންސިލުތަކާއި ގުޅޭ 109 މައްސަލައެއް ހުށަހެޅިފައިވާކަން އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭސީސީގެ ރިޕޯޓް ދައްކާ ގޮތުން ދެން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ ސިޓީ ކައުންސިލުތަކާއި ގުޅޭ ގޮތުންނެވެ. އެއީ 35 މައްސަލަ އެވެ.

 

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މައްސަލަތަކުގެ ތެރެއިން އޭސީސީން ގޮތް ނިންމާފައިވަނީ 365 މައްސަލައަކަށެވެ. ކޮރަޕްޝަނުގެ އަމަލެއް ނެތް ކަމަށް 138 މައްސަލައެއް ކަނޑައެޅިއިރު ތަހުގީގުކުރީ 48 މައްސަލަ އެވެ. ޕްރިލިމިނަރީ މަރުހަލާއިން ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމި މައްސަލަތަކުގެ ޖުމުލަ އަދަދަކީ 138 އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!