ނުރައްކަލުގައި އޮތް އިގްތިސާދު ހަމަ މަގަށް އެޅުވީ ސީދާ ރައީސް: މިނިސްޓަރ ސައީދު
ދެންމެ | 17 މެއި 2024

ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް ނުރައްކާތެރި ހާލަތު، ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކޮށްދެއްވައިފި ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ހަމަސް ދުވަސް މިއަދު ފުރުމާއި ގުޅިގެން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ޑރ މުއިއްޒު ގެ ޒަޢާމަތުގައި ވޭތުވެ ދިޔަ ހަމަސް ދުވަހުގެ ތެރޭގައި މާތް ﷲގެ ވާގިފުޅާއެކު ކާމިޔާބު އިގްތިސާދަށް އިތުބާރާއި ކުރިއެރުން އެމަނިކުފާނުގެ ގެނެސްދެއްވާފައިވާ ކަމަށެވެ.

”ރައީސް ޑރ.މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވެއްޓިފައިވާ ނުރައްކާތެރި ހާލަތު އެމަނިކުފާނު ވަނީ ބަދަލުކުރަށްވާފަ،“ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާފައިވާ ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަޢީދު ވިދާޅުވީ ފައިސާ ޗާޕްކޮށް ”ވާނުވާގައި“ ދައުލަތުގެ މާލީހާލަތު އޮންނަން ރައީސް މުޢިއްޒު ބޭނުންފުޅު ނުވާކަމަށެވެ. އެގޮތުން ދިވެހި ގައުމު 200 މިލިއަން ޑޮލަރަށް ބޭނުންޖެހި، ޑިޒައިން ކުރި ގޮތަށް، ރާއްޖެ ބަނގުރޫޓްވާން ރައީސް ދޫނުކުރަށްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ތެދުވެރި، ހިންގުންތެރި އަދި އޭގެ ފައިދާކުރާނީ ގައުމަށް،“ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ސަޢީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!