މާލޭގައި ފާހާނާ ނަޖިސް ފެން މަގުމައްޗައް ބޭރުވާ ގޮތަށް ހެދުމުން ޖޫރުމަނާ ކޮށްފި
ދެންމެ | 19 މެއި 2024

މާލޭގެ ގެއެއްގެ ފާހަނަ ފާރު ތޮރުފައި ފެން ބޭރުވާ ގޮތް ހެދުމުން އެ ގޭގައި އުޅޭ މީހުން 500 ރުފިޔާއިން މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން އެ މަންޒަރު ފެންނަ ވީޑިއޯ ވަނީ ޕޯސްޓުކޮށްފަ އެވެ.

އެ ޕޯސްޓުގައި ކައުންސިލުން ބުނީ އެ ތަން ޗެކު ކުރި އިރު އެ ގޭގެ ފާހަނާ އުޅުނީ ފެން ބޮޑުވެގެންނެވެ. އެހެން ވިޔަސް އެފަދަ ކަމެއް ދިމާވެގެން އެހެން މީހނަށް އުނދަގޫވާ ގޮތަށް އެއްވެސް ކަމެއް ނުކުރަން ސިޓީ ކައުންސިލުން އިލްތިމާސްކުރި އެވެ.

އެ ހާދިސާގެ ތަފުސީލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސިޓީ ކައުންސިލުން ”ދެން އެމްވީ“ އަށް ބުނީ 500 ރުފިޔާއިން މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ތަކުރާރު ނުކުރުމަށް އަންގާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!