އީރާން ރައީސް ދަތުރުކުރި ހެލިކޮޕްޓަރު ވަނީ ކުދިކުދިވެފައި
ދެންމެ | 20 މެއި 2024

އީރާންގެ ރައީސް ދަތުރުކުރި ހެލިކޮޕްޓަރު ވަނީ ކުދިކުދި ވެފައި ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފި އެވެ.

ރައީސީ އަވަހާރަވީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.

 

އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ވެސް ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިންނެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!