ރައީސް އިބުރޭ އާލާސްކަންފުޅާ އުޅޭތީ، ޒިންމާތަކާއި ޖާބިރު ހަވާލުވެއްޖެ
ދެންމެ | 22 އޯގަސްޓް 2023

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާލާސްކަންފުޅުގައި އުޅުއްވާތީ އެމަނިކުފާނުގެ ކެންޕެއިނާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ, މިއަދު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އާއްމު ކޮމިޓީ އެކުލަވާލަން މަޖިލީހުގައި ކުރިޔަށް ދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވެފައިވަނީ, މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންތައް ކުރައްވާ ގޮތުން އެމަނިކުފާނު ”ޑްރޯންއެއްގައި ގޮސް“ މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ޖެހޭ ކަމަށެވެ.

”ޑްރޯންއާ އަޅުގަނޑު އެތަނަށް ދާ ގަޑީގައި ހިފަހައްޓައިފިނަމަ ސްބްހާނައްالله“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙް މިވަގުތު އާލާސްކަންފުޅެއްގައި އުޅުއްވާތީ އެމަނިކުފާނުގެ ކެންޕެއިނާ ހަވާލުވެ ވަޑައިގެންނަވާފައިވާ ކަމަށެވެ.

”ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށް އާލާސްކަންފުޅެއްގައި އުޅުއްވަނީ, އަހަރެން, ސްޕެޝަލް އެންވޯއީ އަބްދުالله ޖާބިރު ކެންޕެއިނާ ހަވާލުވީ“ ޖާބިރު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިދޭތެއަކުން އަރިދަފުސް ރޯގާ ޖެހިގެން ކެންޕެއިން ދަތުރުފުޅުތަކެއް މެދު ކަނޑާލާފައެވެ. ނަމަވެސް ފަހުން މި ހަފްތާގައި އަލުން ވަނީ ދަތުރުފުޅުތައް ފައްޓަވާފައެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޞާލިޙްގެ ކެންޕެއިންގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!