އެމްއެމްޕީއާރުސީގެ ޗެއަރޕާޝަން ނޫރްއައިން އިސްތިއުފާ ދެއްވައިފި
ދެންމެ | 21 މެއި 2024

އެމްއެމްޕީއާރުސީގެ ޗެއަރޕާޝަން ނޫރްއައިން އިސްތިއުފާ ދެއްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫރްއައިން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ.

ނޫރްއައިން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.

ނޫރައިން އިސްތިފާދެއްވާފައިވާ އިރު އެކަމަނާ ދާދި ފަހުން އިންޓަރނޭޝަނަލް މީޑިޔާއަކަށް އިގިރޭސި ބަހުން ދެއްވި ބަސްތީގަތުމެއް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!