ބަގުރޫޓް ފައްޔާޒު ހިސޯރުކުރި ހަރުގޭގައި ހާއްސަ ޖަލްސާއެއް މިރޭ ޑިމޮކްރެޓުން ބާއްވަނީ
ދެންމެ | 09 ޖޫން 2023

އެމްޑީޕީގެ ޗެއަރމަން ބަގުރޫޓް ފައްޔާޒުގެ އަމުރަށް ހިސޯރު ކުރި ހަރުގޭގައި ވަރަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ޑިމޮކްރެޓިކުން އިއުލާން ކޮށްފި އެވެ.

ޑިމޮކްރެޓިކް ޕާޓީ ބޭފުޅުން އުފެއްދުމަށް އިސް ސަފްގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ވަނީ ސޯސިއަލް މީޑިޔާގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަން އިއުލާން ކޮށްފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގައި އިސްކޮށް އުޅުއްވާ ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ މިރޭ 8.45 ގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

ފައްޔާޒު ހިސޯރު ކުރި ހަރުގެ ގޭގެ ވެރިފަރާތުން ފައްޔާޒު އަތުން އަތުލާފައި ވަނީ ގަދަކަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!