ރައީސްގެ އިރުސާދަށް ގަދަ ވިއްސާރައިގައި ސުކޫލު ފޮތްތައް ރަށްތަކަށް ގެންދިއުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި
ދެންމެ | 22 މެއި 2024

ރައީސްގެ އިރުސާދަށް ގަދަ ވިއްސާރައިގައި އައު އަހަރަށް ސުކޫލު ފޮތްތައް ރަށްތަކަށް ގެންދިއުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުން ސޯސިއަލް މީޑިޔާގައި ބުނެފައި ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

”ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި.

ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި.“ ފުލުހުން ބުނެފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ރަށް ރަށަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގައިވެސް ދަތިތަކާއި އަންނަނީ ކުރިމަތި ވަމުންނެވެ.

އެގޮތުން، އާދިއްތަ ދުވަހު ދިރާސީ އައު އަހަރު ފެށޭއިރު، ރަށް ރަށުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރުވަރުންނަށް ބޭނުންވާ ޓްކްސްޓް ފޮތްތައް ފަޮރުކޮށްދިނުމުގައި ދަތުތަކާއި ވަނީ ކުރިމަތިވެފައެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!