ދަރަނި ލުކުރަން ސަރުކާރުން އިންޑިޔާ އެކު ޑީލެއް ހަދައިފި: ބޮންޑޭ
ދެންމެ | 27 މެއި 2024

ދިވެހި ދައުލަތިގެ ދަރަންޏަށް ލުއިއެއް ހޯދުމުގެ ގޮތުން ރައިސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާ އެކު ޑީލެއް ހަދައިފި ކަމަށް ބެލެވޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައި ވަނީ ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ އިގްތިސާދާއި މެދު ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ފައިސާ ލިބެމުން އަންނަ ވާހަކަ އަޑުއެވެމުން އަންނަކަމަށެވެ. އަދި އަދި ލޯނުގެ ގޮތުގައި ރާއްޖެއަށް އެތައް ސަތޭކަ މިލިއަނެއް ލިބިފައިވާކަމަށާއި އެ ލޯނު އަނބުރާ ދައްކަމުންދާކަމަށްވެސް ސަރުކާރުން އަންނަނީ ބުނަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މި ފައިސާއަކީވެސް މި ސަރުކާރުން އަނބުރާދައްކަން ޖެހޭ ފައިސާކަމަށް ބޮންޑޭ އަލި އަޅުވާލާފައިވާއިރު އިތުރަށް ބޮންޑޭ ވިދާޅުވީ، މި ސަރުކާރުން ވަނީ ރާއްޖެ އިގްތިސާދާއި މާލީ ކަންކަމުން ސަލާމަތްނުވުމުން ސިފައިން ބޭލުމުގެ މަގުސަދުގައި އެ ސިފައިންގެ ޔުނިފޯރމުތައް ބާލާފައި އެ އަސްކަރިއްޔާގެ ވަސީލަތްތައް ހުރިތާނގައި ހުރިކަމަށެވެ.

އެހެންނަމަވެސް އެއީ އަސްކަރިއްޔާގެ ސިފައިންކަން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިނގޭކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައިއެވެ.

އިތުރަށް މެމްބަރު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި މި ސަރުކާރުން ތިބޭނީ އިންޑިއާއާއި އެކުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!