ޗައިނާގެ މަސްހޫރު ޓެކްނޮލޮޖީ ކުންފުނި އަލީބާބާގެ އޮންލައިން ރީޓެއިލް ޕްލެޓްފޯމެއް ކަމަށްވާ އަލީއެކްސްޕްރެސްގެ ގްލޯބަލް އެމްބެސެޑަރަކަށް އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހަމަޖައްސައިފިއެވެ.
އަންނަމަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޯރޯ ފްޓްބޯޅަ މުބާރާތުގެ ސްޕްންސަރއެއްގެ ގޮތުގައި ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއާ އެކު އެކްސްކްލޫސިވް އީ-ކޮމާސް ޕްލެޓްފޯމް ޕާޓްނާޝިޕަކަށް އަލީއެކްސްޕްރެސް އިން މީގެކުރިން ވަނީ އެއްބަސްވެފައެވެ. ބެކަމްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޔޫރޯ މުބާރާތާއި ގުޅިގެން އަލީއެކްސްޕްރެސް އިން ކުރިއަށްގެންދާ ސްކޯ މޯ ޕްރޮމޯޝަން ގޭމްސްތަކުގައި ބެކަމް ފެނިގެންދާނެއެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަލީއެކްސްޕްރެސްއިން އިނޮވޭޓިވް ”ޝޭކް އެންޑް ވިން“ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ގޭމެއްގެ ކޮންމެ އަމާޒަކަށް ފަހު ޓައިމް ލިމިޓެޑް އިނާމުތަކެއް ލިބޭނެ އެވެ. އަލީއެކްސްޕްރެސް އެޕްލިކޭޝަނަށް ލޮގިންވެ ގޯލް ޖަހާވަގުތު ފޯނު ތަޅުވައިގެން ރަނގަޅު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އަލީއެކްސްޕްރެސް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ
ޖަރުމަނުގެ 10 ސިޓީއެއްގައި ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫރޯ މުބާރާތުގައި ޖުމްލަ 2.7 މިލިއަން ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފައެވެ.