ކޮފީ މޭޒު ދޮށުންނާއި ސޯސިއަލް މީޑިޔާއިން އިންނާނެ މީހުން ހޯދުން!
ދެންމެ | 03 ޖޫން 2024

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަކީ ތިމާ ބޭނުންވާ ސިފަތައް ނެތް، އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ އަދި ތިމާގެ ބަސްޤަބޫލުނުކުރާ، ހިލޭ ފިރިހެނުންނާއި ވާހަކަދައްކައި އުޅޭ އަންހެނެއްކަން އެނގިގެން ކަންބޮޑުވާންޖެހޭ ޙާލަތު ކުރިމަތުވުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެހެންވެ އެކަމުގެ ޝަކުވާ ކުރާ ފިރިހެނުން އަންނަނީ ގިނަވަމުންނެވެ. 

މިމައްސަލައިގައި ޝަކުވާކުރާ ގިނަ ފިރިހެނުންނާއި ކުރެވޭ ސުވާލުތަކުން އެނގެނީ އެމީހުން ކައިވެނިކުރަނީ ދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކުރަނީ ކޮފީމޭޒުތަކުން ރައްޓެހިވެގެންކަމެވެ. ނުވަތަ ސޯޝަލް މީޑިއާ އެކައުންޓުން ފެންނަ ފޮޓޯ އާއި ވީޑިއޯތަކަށް ބަލައި އެމީހަކު ކަމުގޮސްގެން ކަމެވެ. 

އަހުރެން އެމީހުންގެ ގާތުގައި ބުނަމެވެ. ކުނިގޮނޑަށް އުކާނީ ކުންޏެވެ. އެތަނުގައި ހުންނާނީ ކުންޏެވެ. ހަލާކުވެފައި ހުންނަ ތަކެއްޗެވެ. މައްސަލަ ޖެހިފައި ހުންނަ ތަކެއްޗެވެ. ފޮޅާސާފުކޮށްލުމުން ސާފުވެ އޮފްއެރިނަމަވެސް އަދި ފަހަރެއްގައި ކުޑަ ދުވަސްކޮޅަކު ބޭނުންކޮށްލެވުނަސް ރަނގަޅު ތަކެތި ގޮނޑުން ހޮވަން ލިބޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. ރަނގަޅު ތަކެތި ހުންނާނީ ފިހާރަތަކުގައެވެ. އަދި އަގުބޮޑު ތަކެތި ހުންނާނީ ޢާންމުކޮށް މީހުންނަށް އަތްނުލެވޭނެ ގޮތަށް ށޯކޭސްތަކަށްލައި ތަޅުވެސްލައިފައެވެ. 

ހަމަ އެފަދައިން ފެންވަރު ރަނގަޅު މުދަލުގެ އަގުބޮޑުވާނެއެވެ. ހަމަ އެއުޞޫލުން ފެންވަރު ރަނގަޅު އަންހެނުން އެކަނބަލުންގެ އަގު ހިފަހައްޓާނެއެވެ. އެކަނބަލުންނަކީ ކައިވެނީގެ ކުރިން ޙަރާމް ކަންކަންކުރާ، ސޭލް އަޅުވައިގެން އުޅޭ ބައެއް ނޫންކަން ޤަބޫލުކުރަންވާނެއެވެ. 

މިކަން އަންތބަކު އިޚްތިޔާރުކުރުމާއި ވަރަށް ރަނގަޅަށް ގުޅުވައިލެވޭނެއެވެ. ރަނގަޅު އަންހެނުން، އަގުހުރި އަންހެނުން ފިރިހެނުންގެ ސަމާލުކަން ލިބޭނެހައި ގޮތްގޮތަށް އެމީހުންގެ ފޮޓޯތައް ނަގައި ސޯޝަލްމީޑިއާއަކަށް ނުލާނެއެވެ. އަދި ހިލޭ ފިރިހެނުންނާއިއެކުގައި ކޮފީތަކުގައާއި އެނޫންވެސް އެފަދަ ތަންތަނަކު ނުތިބޭނެއެވެ. އެކަނބަލުން ތިބޭނީ ޢަބުރުވެރިކަމާއިއެކު އެކަނބަލުންގެ ގޭގައެވެ. އެކަނބަލުންގެ އެކުވެރިންނަކީ އާވާރާ ދިރިއުޅުނަ އުޅޭ މީހުން ކަމަކަށް ނުހަދާނެއެވެ. އެކަނބަލުން މަސައްކަތްކުރާނީ އެންމެ ގާތް މިތުރަކީ ﷲ ތަޢާލާ ކަމުގައި ހެދުމަށެވެ. ބައިވެރިޔަކު ހޯދަން ދާނީ ކޮފީ މޭޒުތަކަކަށް ނޫނެވެ. ގޭގައި ތިބެގެން ދުޢާކުރާނީއެވެ. 

ވީމާ މިކަންކަމަށް ވިސްނައި ސަމާލުކަންދީގެން ބައިވެރިއަކު ހޯދާށެވެ. އެއިރުން ޖެހޭ މައްސަލަތައް މަދުވާނެއެވެ. އިން ޝާ ﷲ. އިސްލާމް ދީނުގައި އެކަމަށް އެހައި ބޮޑަށް ބާރުއަޅުއްވަވާފައިވަނީ ހަމަ މީސްތަކުނެގެ ފައިދާއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!