ގުގުރި ދެމުން، އާދައިގެ ކަމެއް ނޫން!
ދެންމެ | 06 ޖޫން 2024
ގުގުރި ދެމުމަކީ ވަރަށް ގިނަ ފަހަރު ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭ ކަމެކެވެ. ބައެއް ފަހަރަށް އެކަމުގެ ސަބަބުން ވަރިފަށަށް އަރާފައި ވެސް އެބަހުއްޓެވެ. މިއީ ވަރަށް އާދައިގެ ގިނަ ބައަކު ތަހައްމަލުކުރާ ކަމެއް ކަމުގައި ހީވެދާނެ އެވެ. އެހެން ނަމަވެސް ގުގުރި ދެމުމަކީ ތިހީކުރާ ވަރަށްވުރެ ގެއްލުންހުރި ކަމެކެވެ.

ފަރުވާއެއް ނެތި ގިނަ ދުވަހު ނިދީގައި ގުގުރި ދެމުމަކީ ދިގު މުއްދަތުގައި ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުން ސިއްހަތަށް ކުރާނެ ކަމެކެވެ.

އެގޮތުން އާއްމުކޮށް ގުގުރި ދެމުމަކީ ލޭގައި އޮކްސިޖަން ދައުރުވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. މާނައަކީ ގުގުރި ދަމާ ވަގުތު ސިކުނޑިއަށް ފޮނުވައިދޭ އޮކްސިޖަން ދަށްވެ، ސްޓްރޯކްގެ ނުރައްކާ ބޮޑުވެ އެވެ.

ގުގުރި ދެމުމަކީ ސްލީޕް އެޕްނިއާގެ މައްސަލައަކަށްވާއިރު އެއީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ހާޓް އެޓޭކް ހިމެނެ އެވެ.

އެހެން ކަމުން ބައިވެރިޔާ ގުގުރި ދަމާނަމަ އެކަމަށް ސިއްހީ އެހީތެރިކަން ހޯދަން ހިތްވަރު ދިނުމަކީ ދިގު މުއްދަތުގައި ލިބިދާނެ ދެރައަކުން ސަލާމަތްވާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!