މަސްވެރިން ރޮއިރޮއި ތިއްބާ ސަރުކާރުން ޔޫރޯއަށް މިލިޔަނުން ހަރަދު ކޮށްފި
ދެންމެ | 13 ޖޫން 2024

މާލީ ހާލަތު ގޯސްކަމުން މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި ހުރަސްތަކެއް އެބަހުރި ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުން މި އަހަރުގެ ޔޫރޯ ސްޕޮންސާރ ކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ފަށާ ”ޔޫރޯ 2024“ ފުޓުބޯޅަ މުބާރާތުގެ ކަވަރޭޖު ސްޕޮންސާކުރަން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ހުޅުވާލުމުން ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ އެ މުބާރާތް ސްޕޮންސާރ ކޮށްފައެވެ.

ޕީއެސްއެމްގެ ފަރާތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ދެއްވި ފަރާތުން ބުނީ މި ކަވަރޭޖުގެ ޓައިޓަލް ސްޕޮންސާ އާއި މެއިން ސްޕޮންސާ އަދި ކޯ-ސްޕޮންސާ ޕެކޭޖުތައް ވިއްކަން ހުޅުވާލީ ވަރަށް ވެސް ބޮޑު އަގެއްގައި ކަމަށެވެ.

ޓައިޓަލް ސްޕޮންސާއަކީއެސްޓީއޯ އެވެ. މެއިން ސްޕޮންސަރުންނަަކީ ސްޓެލްކޯ އާއި އެމްޕީއެލް އެވެ.

ކޯ-ސްޕޮންސަރުންނަކީ އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީ އާއި އެޗްޑީސީ އެވެ.

ސަރުކާރުގެ މި ކުންފުނިތަކަށް ސްޕޮންސާ ޕެކޭޖުތަކަށް ވިއްކި އަގު އެއްކޮށްލުމުން ޕީއެސްއެމްއަށް 4.9 މިލިއަން ރުފިޔާ ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މަސްވެރިންނަށް ފައިސާ ނުދެވި މަސް ދެމަސް ވެގެން ދަނީ މާލީ ހާލަތު ގޯސްކަމުން ކަމަށް ސަރުކާރުން ބުނާއިރު ފެނިގެންދަނީ ކުޅިވަރަކަށްޓަކައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރާ މަންޒަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!