ހައިކޯޓު ފަނޑިޔާރު ޝުއައިބު ރިޓަޔަ ކުރައްވައިފި
ދެންމެ | 16 އޮކްޓޯބަރ 2022

ހައިކޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ބައެއް މީޑިއާތަކަށް ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވި ގޮތުގައި ފަނޑިޔާރު ޝުއައިބު ރިޓަޔާ ކުރައްވަން އެދިވަޑައިގަތުމުން އެ ކަން އެ ގޮތަށް ކުރިއަށް ގެންދަން އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. ފަނޑިޔާރު ޝުއައިބު ރިޓަޔާ ކުރައްވަން އެދިވަޑައިގަތީ ސިއްހީ ސަބަބުތަކާ ހެދި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ޝުއައިބު އައްޔަނުކުރީ މާޗު 26، 2011 އިގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުއައިބު މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރެއްވުމަށެވެ.

ޝުއައިބު، ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ގަތަރު ޔުނިވާސިޓީން 1997 ގަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!