ރައީސް ޑރ. މުއިއްޒު ބާބިއުޑާއަށް ކުރި ދަތުރަށް ބޮލަކަށް 241,525.93 ހަރަދު ކޮށްފައިވޭ: ރައީސް އޮފީސް
ދެންމެ | 16 ޖޫން 2024

މިފަހުން އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުގައި 16 މީހުން ބައިވެރިވިއިރު، ޓިކެޓު ހަރަދުތަކާއި އެކު ބަލާއިރު ދުވާލެއްގެ މައްޗަށް ބޮލަކަށް ހަރަދުކޮށްފައިވަނީ 241,525.93 ރުފިޔާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސްމޯލް އައިލެންޑް ޑޮވެލޮޕިންގް ސްޓޭޓްސްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހިމެނޭހެން ސަރުކާރުގެ 16 މީހުންގެ ވަފުދެއް ވަނީ މިފަހުން އެންޓީގާ އެންޑް ބާބިއުޑާއަށް ގޮސްފައެވެ. މި ދަތުރަށް ފުރީ މޭ މަހުގެ 24 ވަނަ ދުވަހުގައިކަމަށްވާއިރު ނިންމަވާލައްވާ ވަޑައިގެންނެވީ ހަމަ އެ މަހުގެ 31 ވަނަ ދުވަގައެވެ. ދަތުރު މަތީގައި މުޅިއަކު ހޭދަވެފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

މި ދަތުރު ހަރަދުތަކާއިމެދު ސުވާލު އުފައްދަމުންދާއިރު، ސަރުކާރުންވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށް ފާހަގަކުރާ މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިންކޮށްފައިވާ ހަރަދުތައް ހިއްސާކޮށްފައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން 7 ދުވަހުގެ މުއްދަތަކަށް ޓިކެޓާއިއެކު 16 މީހުން ކުރި ދަތުރުގެ ޖުމުލަ ހަރަދު 3،864،414.94 ރުފިޔާއަށް އަރާކަމަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ އެކަމަޑޭޝަން ނުވަތަ ހުރުމަށްކަމަށް ބުނެފައިވާއިރު އެކަމަށް 618،043.67 ރުފިޔާ ހަރދުވިކަމަށް މައުލޫމާތު ދީފައިވެއެވެ.

ޓްރާންްސްޕޯޓު މަސައްކަތްތަކަށް 271،956.52 ރުފިޔާ ހަރަދުވިކަމަށްވެސް ބުނެފައިވެއެވެ. އަދި 16 މީހުންގެ ޕޮކެޓް މަނީގެ ގޮތުގައި 141،312 ރުފިޔާ ހަރަދުކުރިކަމަށާއި ކެއިންބުއިމަށް 164،014.17 ރުފިޔާ ހަރަދުވިކަމަށް ބުނެފައިވެއެވެ.

ދަތުރުމަތިން ބައެއް ތަންތަނުގައި މަޑުކުރުމަށްޓަކައިވެސް ހަރަދުތައް ކޮށްފައިވާކަމަށް މައުލޫމާތުތަކުގައި “ސްޓޮޕް އޯވާރ” ގެ ގޮތުގައި 18،468 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ބަޔާންކޮށްފައިވުމުން ފެނިގެންދާއިރު އިންސިޑެންޝަން ނުވަތަ ކަމެއް ދިމާވެގެން ކުރަން ޖެހުނު ހަރަދުގެ ގޮތުގައި 6134.70 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެހެންކަމުން ޖުމުލަ އަދަދުން ފްލައިޓު ޓިކެޓުގެ ހަރަދުކަމަށްވާ 2،644،485.88 ރުފިޔާ އުނިކުރުމުން އުނިކުރުމުން 7 ދުވަހުގެ މުއްދަތެއްގައި 16 މީހުންނަށް 1،219،929.06 ޖެހޭކަމަށްވުމުން ދުވާލެއްގެ މައްޗަށް މީހަކަށް އެކި ކަންކަމުގައި ހަރަދުކުރީ 10،892.22 ރުފިޔާކަން ފެނިގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!