ޓްރަންޕްގެ ޕާސްޕޯޓް ހިފަހައްޓައިފި
ދެންމެ | 17 އޯގަސްޓް 2022

އެމެރިކާގައި ރައީސްކަން ކުރެއްވި ޑޮނަލް ޓްރަމްޕް ވިދާޅުވި ގޮތުގައި ފްލޮރިޑާގައި ހުންނަ އޭނާގެ ގެ ”މާރަލާގޯ“ އަށް އެފްބީއައި އޭޖެންޓުން ވަދަގަނެ އޭނާގެ ޕާސްޕޯޓްތައް އަތުގައިގެން ވަނީ ގެންގޮސްފަ އެވެ.

މާރަލާގޯއަށް އެފްބީއައި އޭޖެންޓުން ވަދެގަތީ ކުރިއާލައި ރާވައިގެން ކަމަށް ވެސް ފޮކްސް ނިއުސްއަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޭނާގެ ގެއިން ގެންދިޔަ ލިޔުންތަކަކީ އެފްބީއައި އޭޖެންޓުން އެގޭގައި ސިއްރުން ބެހެއްޓި ލިޔުންތަކެއް ކަމަށެވެ.

އެފްބީއައި އޭޖެންޓުން މާރަލާގޯ ހޯދާބަލައި 20 ފޮށި ފުރެންދެން އެއްޗެހިތަކެއް ގެންދިއަ އެވެ. އޭގެ ތެރޭގައި އެއްވެސް މީހެއްގެ އަތުގައި ހުރެގެން ނުވާނެ ދައުލަތުގެ ސިއްރު ލިޔުންތަކެއް ހުރި ކަމަށް ވެސް އެފްބީއައި ފަހުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެފްބީއައި ގެންދިއަ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ބައެއް ލިޔުންތައް ވެސް ހިމެނެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެފްބީއައި އެ ދުވަހު އުޅުނީ އޭގެ ކުރިން ދުވަހަކު ވެސް ތަނެއް ފާސްކުރަން އުޅުނު ގޮތަކަށް ނޫނެވެ. އަދި އެއީ އެމެރިކާއިން ދުވަހަކު ވެސް ފެނިވަޑައިގެންނެވި މަންޒަރެއް ނޫނެވެ.

ސިޔާސީ ގޮތުން ވާދަވެރިން ހިފާ ހައްޔަރުކޮށް ގެދޮރަށް ވަދެގަތުމަކީ އެމެރިކާގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ޓްރަމް ވިދާޅުވި އެވެ. އެފަދަ މަންޒަރުތައް ފެންނި ވަޑައިގަންނަވަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ގެންގުޅުއްވާ ތިން ޕާސްޕޯޓް އެފްބީއައި ގެންދިއަ ނަމަވެސް އޭގެ ތެރެއިން އެއް ޕާސްޕޯޓް އޮންނާނީ މުއްދަތު ހަމަވެފަ އެވެ.

އެމެރިކާ ގާނޫން ބުނާ ގޮތުން ބާރުތައް ތަންފިޒުކުރާ އެއްވެސް އިދާރާއަކަށް ދައުވާއެއް އުފުލާފައި ނެތް މީހެއްގެ ޕާސްޕޯޓް ނުހިފެހެއްޓޭނެ އެވެ. ޓްރަމްޕްގެ މައްޗަށް ދައުވާއެއް އުފުލާފައި ނެތްއިރު ޕާސްޕޯޓްތައް ހިފެެއްޓުން ދޭހަކުރެވެނީ އޭނާއަށް ޝަރުއީ ހުކުމެއް އިއްވަން އުޅޭ ކަމެވެ.

ޕާސްޕޯޓް އާންމުކޮށް ހިފަހައްޓަނީ ގައުމު ދޫކޮށް ފުރައިގެން ހިނގައިދާނެ ކަމަށް ބިރު އޮންނަ ނަމަ އެވެ. އެއީ ތަންފީ އިދާރާތަކުން ހޯދަމުން ގެންދާ ސަބަބުތަކަށް ހުރަސްއެޅޭ ކަމަށް ވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!