މީހަކާ ނީންދެވޭގޮތަށް ހަދާފައިވާ ސިހުރެއް ޖެހިފައިވާކަމަށް ވަނީނަމަ ކައިވެނި ކުރަން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ކައިވެންޏަށް ހުރަސް އެޅޭގޮތްވެދާނެއެވެ. އެއީ އޭނާ ކިތަންމެ ބޮޑަށް ބޭނުންވެގެން އަދި ކައިވެނިކުރަން އުޅުންކަމުގައިވީނަމަވެސް އެއްގޮތަކަށްވެސް އެކަން ކުރެވޭނެ ގޮތެއް ނުވެއެވެ.
އަދި ކައިވެންޏެއްކުރަން މިސާލަކަށް ހަމަ ހަމަޖައްސާފައި އޮއްވާ ވާނުވާއެއް ނޭންގި އެއްވެސް ސަބަބެއްނޭންގި ހަމަ އެކައިވެނި ރޫޅޭގޮތް ނުވަތަ ނުކުރެވޭގޮތްވެސް ވެދާނެއެވެ. އަދި ކައިވެނި ކުރިކަމުގައި ވީނަމަވެސް އެނގުމެއް ނުވާގޮތަށް އެއްވެސް ތާކުންތާކު ނުޖެހޭ އެއްވެސް ސަބަބެއް ނެތި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހުން ފަދަ ކަންތައްތައްވެސް ދިމާވެދާނެއެވެ.
ގުޅުންހުރި ލިޔުންތައް