އަންހެނުންނާއި މެދު ސަމާލުވޭ! ފިރިހެނުންނަށް އެއަށްވުރެ ގެއްލުންދޭ ބައެއް ނުވޭ!
ދެންމެ | 20 ޖޫން 2024

މާތްވެގެންވާ އިސްލާމްދީނަކީ އުފާވެރިކަމާއި ބާއްޖަވެރިކަމުގެ ދީނެވެ. ހަމަތަކާއި އުސޫލުތަކުގެ ދީނެވެ. ހެޔޮކަންތަކާއި ނުބައި ކަންތަކުގެ ދީނެވެ.

މާތް ﷲ އިންސާނާ އުފައްދަވާފައި ވަނީ ދެ ޖިންސަކަށް އެއްޖިއްސަށް އަނެއް ޖިންސުގެ ބޭނުން ޖެހޭނެ ގޮތަށެވެ. އަދި ހާއްސަކޮށް އަންހެނުން އުފައްދަވާފައި ވަނީ ފިރިހެނުންނަށްޓަކައެވެ.

އަދުގެ ދިވެހި ޤައުމުގެ ހާލަތު ފެނިފައި ހަނދާނަށް އަންނަނީ ރަސޫލާ ﷺ ގެ އަންނަނިވި ހަދީޘްފުޅުތައް:

”ما تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنْ النِّسَاءِ“

(متفق عليه)

“ފިރިހެނުންގެ މައްޗަށް އަންހެނުންނަށްވުރެ ބޮޑަށް ގެއްލުންދެނިވި ފިތުނައެއް ތިމަންކަލޭގެފާނަށް ފަހު ދުލެއް ނުކުރައްވަމެވެ.”

” إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَّ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ” (رواه مسلم)

 

“ހަމަކަށަވަރުން ދުނިޔެއަކީ (ނިޢުމަތުގެ ގޮތުން) ފޮނި އަދި ފެހި ތަނެކެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުން އެތަނުގައި ޖީލުތަކެއް ގޮތުގައި ލެއްވެވިއެވެ. އެއީ ތިޔަބައިމީހުން ޢަމަލުކުރާ ގޮތް ބައްލަވާވޮޑިގަތުމަށް ޓަކައިއެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއާމެދު ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުން އަންހެނުންނާ މެދު ބިރުވެތިވާށެވެ. ހަމަކަށަވަރުން ބަނީ އިސްރާއީލުގެ ފުރަތަމަ ފިތުނަކަމުގައި ވީ އަންހެނުންނެވެ.”

އެކަލޭގެފާނުގެ ހަދީޘްފުޅުތަކުގެ ތެދުކަމާއިއެވެ!

މުޅި ޤައުމު އަންހެނުންތަކެއްގެ ފިތުނައިގައި ޖެހި އަވަދިވެއްޖެ އެވެ. އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެން މެދުމިން އިހްތިޔާރު ކުރަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!