ކަޑިކިލީ ފޯކައިދޫ ފިރިހެނުންނަށް ބޮޑު ސަމާލުކަމެއް!
ދެންމެ | 20 ޖޫން 2024
ރާއްޖޭގެ ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމުގެ ތެރެއިން ރީތި ކަނބަލުންގެ ވާހަކަތައް މަޝްހޫރުވެފައި ވަނިކޮށް، ށ. ފޯކައިދޫއިން ފެންނަ ފިރިހެން ކުދިންގެ ފަރި ހަރަކާތްތަކާއި، އުފާވެރި މަންޒަރުތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

 

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތައް ޝެއާކުރަމުން އަންހެން ކުދިން މިހާރު ދާން ބޭނުންވަނީ ފޯކައިދޫއަށް ކަމަށް ބުނެ ޝުޢޫރުތައް ފާޅުކުރަން ފަށައިފިއެވެ. ޒުވާންފުރާގެ ބައެއް އަންހެން ކުދިންގެ ފޭސްބުކްގައި ލިޔެފައި ވާގޮތުން ފޯކައިދޫގެ އިސްކޮޅުން ދިގު ހަށިހެޔޮ ޒުވާން ފިރިހެން ކުދިން ފެނުމުން އެރަށަށް ދާހިތް ނުޖެހޭ ވަރެއް ނޫންކަމަށެވެ.

ފޯކައިދޫ އަކީ ޒަމާނުއްސުރެ ބޮޑު ޢީދުގެ ކުޅިވަރު ފޯރި ވަަަރަށް ބޮޑު ރަށެކެވެ. އެގޮތުން ކޯޑި ކުޅުމާއި، މާލި ނެރުމާއި، ވެދުމާދިއުމާ ސްޓޭޖް ޙަރަކާތްތައް ބާއްވައެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. ފޯކައިދޫ ކައުންސިލުން ނެރެފައިވާ ޢީދު ކުޅިވަރު ކަލަންޑަރުގައި މިއަހަރުގެ ބޮޑު ޢީދަށް ވެސް ގިނަ ޙަރަކާތްތަކެއް ރާވާފައި ވެއެވެ. އޭގެ ތެރޭގައި ކުޅިވަރު މުބާރާތްތައް ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!