ޖިންސީ ގުނަވަން ދައްކައިގެން މާލޭގެ ސްކޫލެއް ކައިރީ ހުރި ފިރިހެނަކު ބަންދުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހަކު ޖިންސީ ގުނަވަން ދައްކައިގެން ހުރީ މާލޭގެ އިމާދުއްދީން ސްކޫލް ކައިރީ މަގުމަތީގަ އެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަހުގެ ހަވަނަ ދުވަހު އޭނާ ހައްޔަރުކޮށް ފުރަތަމަ 15 ދުވަހު ބަންދު ކުރި އެވެ. އޭނާގެ ބަންދު މުއްދަތު މިއަދަށް ހަމަވެގެން ކްރިމިނަލް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ބަންދަށް ޖަހާފައިވެ އެވެ.
މީގެ ކުރިން ނ. އަތޮޅުން ވެސް ވަނީ ތޫތުކޮޅު ދައްކައިގެން މީހަކު ހައްޔަރުކޮށްފަ އެވެ.
ގުޅުންހުރި ލިޔުންތައް