ފިރިހެނުން ދޮވެ އިސްތިރި ކުރުމަކީ ކަޓުކަމެއް ނޫން!
ދެންމެ | 22 ޖޫން 2024

ފިރިހެނުން ދޮވެ އިސްތިރިކޮށް ގޭތެރޭގެ މަސައްކަތް ކުރުމަކީ ކަޓުކަމެއް ނޫނެވެ. އާއިލީ ހަޔާތް ބާއްޖަވެރި ކުރުމަށް އެކަކު އަނެކަކަށް އެހީތެެރިވުމަކީ މުހިއްމު ކަމެކެވެ.

ރަސޫލާ ﷺ ނަމޫނާއަކަށް ބައްލަވާ!

((كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ وَيَحْلُبُ شَاتَهُ وَيَخْدُمُ نَفْسَهُ)) [رواه الإمام أحمد في المسند ٦/٢٥٦ وهو في السلسلة الصحيحة ٦١٧]

މާނައީ: “އެކަލޭގެފާނުވީ އިންސާނުންގެ ތެރެއިން އިންސާނެއް ފަދައިންނެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ސާފުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ކަންބަޅި ބަކަރިން ކިރު ފެއްލަވައެވެ. އަދި އެކަލޭގެފާނުގެ އަމިއްލަ ކަންތައްތައް ކުރައްވައެވެ.”

 

މިގޮތަށް ގޭތެރޭގައި އެހީތެރިވެވޭނަމަ އަޅުގަނޑުމެނަށް ކަންތައްތަކެއް ޙާޞިލުކުރެވޭނެ.

1.ރަސޫލުﷲ صلى الله عليه وسلمއަށް ތަބާވުން.

2.އަނބިދަރީންނަށް އެހީތެރިކަން ފޯރުކޮށް ދެވުން.

3 ތަވާޟުޢުވެރި ކަން ހާޞިލްވުމާއެކު ކިބުރުވެރިކަމުން ދުރުވުން.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!