ފަލާހަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ނޫން: ޕީއެންސީ
ދެންމެ | 25 ޖޫން 2024

ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަނީ އޭނާ ނޫން ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އިން ބުނެފި އެވެ.

ފަލާހު، އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް އެކްސްގައި މިއަދު ފަތުރަމުންދަނީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ ”ހަސަން ކުރުސީ“ގެ އެކައުންޓުންނެވެ.

އެ ވީޑިއޯތައް ފަތުރަން ފެށިތާ މާގިނައިރުތަކެއް ނުވެ ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ފަލާހުގެ އަބުރުފުޅަށް އަރައިގަނެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާތީ އެކަން ކުށްވެރިކޮށްފަ އެވެ.

”ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރުކޮށްދީފައި،“ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، ”ހަސަން ކުރުސީ“ އެކައުންޓަކީ ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމުގައި ހައްދުފަހަނައަޅައިފައިވާ އެކައުންޓެއް ކަމަށާއި އެ އެކައުންޓުގެ އިތުރުން އެހެން ބަޔަކުވެސް ހަގީގަތާ ހިލާފު އެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކައި، ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!