އާރިފް ނިޔާވުމުން ރައީސް ޑރ. މުއިއްޒު ހިތާމަފާޅު ކުރައްވައިފި
ދެންމެ | 25 ޖޫން 2024

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބަކާ ނިޔާވުމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަކާ އަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއެއްކަމަށެެެ. އަދި އޭނާއަކީ ގައުމަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިއެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަަށް ރައީސް ވިދާޅުވީ ބަކާ ނިޔާވުމުގެ ފުން ހިތާމައިގައި ބައިވެރިވާކަމަށާއި އޭނާގެ އައިލާއަށް ކެތްތެރިކަން ދެންވުން އެދޭކަމާށެވެ. އަދި މަރުހޫމްއަށް ސުވަރޫގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބަކާ ނިޔާވީ މިރޭގެ ވަގުތެއްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގަ އެވެ. އުމުރުން 38 އަހަރުގެ ބަކާ ވަނީ ނިމިދިޔަ ހައްޖު މޫސުމުގެ އަޅުކަން އަދާކޮށްފައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ބަކާގެ ހާލު ސީރިއަސްވީ ގަދައަަށް ހުން އައިސްގެނެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ. އަދި އޭނާއަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!