ސިޔާސީ ސިހްރެއް ހެދުމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރ ސަމްނާޒް ހައްޔަރުކޮށްފި
ދެންމެ | 26 ޖޫން 2024
އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޝަމްނާޒް ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައަކާއި ގުޅިގެންނެވެ. މިމައްސަލަ އާއި ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ޝަމްނާޒާއި ހައްޔަރުކުރި ދެ މީހުން ބަންދަށް ކޯޓުން 07 ދުވަސް ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ އަނބިކަނބަލުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!