ރައީސް ޑރ. މުއިއްޒު އިއުލާން ކުރައްވާފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް ކުންފުނިތަކުގެ އެމްޑީން ބަދަލުކޮށް ޑީއެމްޑީގެ މަގާމް އުވާލަން ނިންމައިފި އެވެ.
ސަރުކާރުގެ އޮފިސަލަކު ’ދެންމެ‘ އަށް ވިދާޅުވީ މިހާރު ވެސް ބައެއް ކުންފުނިތަކުގައި ދެ ޑީއެމްޑީން އެބަތިބި ކަމަށާއި އެހެން ނަމަވެސް ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމަވާފައި މިވަނީ މިދިޔަ މުއްދަތުގައި ކުންފުނިތަކާއި ބޭފުޅުންގެ މަސައްކަތުގެ ޕާރފޯމަންސް ބެއްލެވުމަށް ފަހުގަ އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބަގްރޫޓްކޮށްލާފައިވާ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ނެވެ.
މެނޭޖިންގ ޑިރެކްޓަރުން ބަދަލު ކުރުމަށް ނިންމަވާފައިވާ ކުންފުނިތަކަކީ:
* ވެމްކޯ
* ރީޖަނަލް އެއަރޕޯޓްސް
* އެމްޓީސީސީ
* އެމްޑަބުލިޔޫއެސްސީ
* އެސްޑީއެފްސީ (އެސްއެމްއީ ބޭންކް)
* މޯލްޑިވްސް ބިޒްނަސް ކޯޕަރޭޝަން
* އެޗްޑީސީ
* ޕީއެސްއެމް
* ފިއުލްސަޕްލައި
* މޯލްޑިވްސް ގޭސް
ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމްތައް އުވާލަން ނިންމާފައިވާ ބައެއް ކުންފުނިތައް.
* އެސްޑީއެފްސީ (އެސްއެމްއީ ބޭންކް)
* އެމްއައިޓީޑީސީ
* އެމްއެމްޕީއާރުސީ
* ވެމްކޯ
* އެޗްޑީސީ
* ހައްޖު ކޯޕަރޭޝަން
* އެގްރޯނެޓް
* މޯލްޑިވްސް ގޭސް
* ފެނަކަ
* އާރުޑީސީ
* އެމްއޭސީއެލް
މީގެ އިތުރުން ސަރުކާރަށް އެއްވެސް ފައިދާއެއް ނުވާ މިހާރު ވެސް ޓެކްސް ފައިސާއިން ހިންގާ ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލުމަށް ވެސް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.