އިންވެސްޓަރުންނަކީ ރާއްޖެއަށް ފައިސާ ގެންނަ ބައެއް، ކަމަށް ޤަބޫލު ކުރެވޭއިރު ، ރާއްޖެ އަށް އައިސް އިންވެސްޓްމަންޓްތަކަށް ދިވެހި ބޭންކުތަކުން ފައިސާ ހޯދާ މީހުންނެއް ނޫނެވެ. މި ތަފާތަކީ އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ ހަގީގީ މަގުސަދު ދެނެގަތުމަށް ވަރަށް މުހިންމު ކަމެކެވެ .
އިންވެސްޓަރުން އަމިއްލަ ރައުސުލްމާލު ގެނެސް އިގްތިސާދަށް އެ ފައިސާ ވައްދާ، ވިޔަފާރީގެ ހަރަކާތްތައް ހިންގާ ވަޒީފާ އުފެއްދުމަކީ އަސްލު މަޤުސަދެވެ. ނަމަވެސް ރާއްޖޭގައި އިންވެސްޓަރުންގެ ތޮފި އަޅައިގެން ލޯކަލް ފައިނޭންސިން އަށް ވަދެ އެއަށް ބަރޯސާވާ މީހުންގެ ސަބަބުން އެތެރޭގެ ވިޔަފާރިތަކަށާއި ދިވެހި ފަރުދުންނަށް ލިބެންވާ މާލީ ވަސީލަތްތަކަށް ދިނުމަށް ދަތިތަކެއް ކުރިމަތިވެ.
ރެގިއުލޭޓަރުން މި މައްސަލައަށް ހައްލެއް ހޯދަން ޖެހެނީ ބޭރުގެ އިންވެސްޓަރުންގެ ރައުސުލްމާލު ވަދެގެން ދިއުމުން ގައުމަށް ހަގީގަތުގައި ފައިދާ ކުރާކަން ކަށަވަރު ކުރުމަށެވެ. މިއީ ހަމައެކަނި އިގްތިސާދުގެ ތެރޭގައި މިހާރު ހުރި ފައިސާ ބަދަލުކުރާ މީހުން ހޯދާ ބެލުމާއި އެކު އަސްލު ބޭރުގެ އިންވެސްޓަރުންނަށް ސާފު ގައިޑްލައިން ތައް ނެތުމުން އަދި ބެލޭނެ ނިޒާމެއް ނެތުމުން އުފެއްދޭ މައްސަލައެއް ކަމަށް ފެނެ އެވެ .
ރަނގަޅަށް ރެގިއުލޭޓް ކުރުމަކީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ރާއްޖެ ގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިހާރުވެސް ބެންތަކުން ދީފައި ވާ ފެސިލިޓީސް ތައް ބަލައިލާ މިނެލުމުން ހައިރާން ވާވަރުގެ ކަންކަން ފެނާނެ އެވެ.
* މިއީ އިނަރ މޯލްޑިވްސްގެ ވެރިޔާ ފިރާގު އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުމެކެވެ.