ސަން ސިޔާމް ރާއްޖެ ޓީވީ ގަންނަނީ
ދެންމެ | 15 ޖުލައި 2022

މަސްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ރާއްޖެ ޓީވީ ބައްލަވައިގަންނަވަން ނިންމަވައި, އެތައް މިލިޔަން ރުފިޔާއެއް ހުށަހަޅައިފި އެވެ.

’ދެންމެ‘ އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ އަހުމަދު ސިޔާމްގެ ފަރާތުން ވަނީ މި ވިޔަފާރި މުއާމަލާތް ކުރިއަށް ގެންދިއުމަށް ރާއްޖެ ޓީވީގެ މަސްއޫލުވެރިންނާއި އެކު މަސްވަރާ ކުރެވި އަގާއި މެދު އެއްބަސްވުމަކަށް އާދެވިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަން ސިޔާމްގެ ފަރާތުން ރާއްޖެ ޓީވީ ގަތުމަށް ވަނީ  އެތައް މިލިޔަން ރުފިޔާގެ އަގެއް ހުށަހަޅުއްވާފަ އެވެ.

މިފަހަރު ރިޔާސީ އިންތިހާބްގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ސިޔާމް ޓީވީ ލައިސަންސެއް ހޯއްދެވުމަށް ވަރަށް ފަހުން ބްރޯޑްކާސްޓް ކޮމިޝަނަށް ވެސް ހުށަޅުއްވާފައި ވެއެވެ. މީގެ ކުރިން ސިޔާމް ވަނީ ސަން ޓީވީގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހިންގަވާފަ އެވެ. އަދި ސަން އޮންލައިން ނޫހަކީ ވެސް ސިޔާމްގެ ބެލެނިވެރި ކަމުގެ ދަށުން ހިންގަމުންދާ ކުންފުންޏެކެވެ.

މިކަމާއި ގުޅޭ ގޮތުން ސިޔާމާއި ރާއްޖެ ޓީވީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!