މާލޭ ސަރަހައްދުން ގޮތެއް ފޮތެއް ނުބަލާ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި މީހުންނަށް ބަހާލި ބިންތަކުން ދައުލަތަށް އެތައް ބިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމީ ކަށަވަރު ކަމެކެވެ.
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ބިލިޔަން ރުފިޔާއެއް ހަރަދުކޮށް ހިއްކާފައިވާ މާލޭ ސަރަހައްދުގެ ބިންތައް ރައީސް އިބުރޭގެ ސަރުކާރުން ބަހާލީ ވެރިކަން ލިބޭނެ ކަމުގެ އުންމީދާއި އެކުގަ އެވެ.
މުޅި ދިވެހި ދައުލަތް ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލުމަށް ފަހު ރައީސް އިބުރޭ ސަރުކާރުން ހިންގި މި ބޮޑު ޖަރީމާ ތަހްގީގް ކުރަން ޖެހެ އެވެ. އަދި ވަގުތުން ވަގުތަށް މިކަން ހުއްޓުވައި ގޯތިތައް އަތުލަން ޖެހެ އެވެ.
ރައީސް ޑރ. މުއިއްޒު ސަރުކާރުން ގޯތިތައް ދިނުން ނުހުއްޓައި ހަވާލު ކުރަމުންދާ ކަމަކީ ނުބައި ފާލެއްގެ ފެށުމެވެ. މިއީ ބަގުރޫޓް ވަމުންދާ ގައުމު އިތުރަށް ބަގުރޫޓު ކުރުމަށް ކޮށާލެވޭ މަގެކެވެ.
ދިވެހި ގައުމުގެ ރައުސުލް މާލަކީ ވަކި ފަރުދަކަށް މިގޮތަށް ބަހާލެވިގެންވާނެ ރައުސުލްމާލެއް ނޫނެވެ. ބައެއް ރައްޔިތުންނަށް އެތައް މިލިޔަނެއް ދީފައި ބިން ގަންނައިރު އަނެއް ބަޔަކަށް ހިލޭ ސާބަހަށް ބިންތައް ބަހާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ރައްޔިތުންގެ މެދުގައި އަދުލްވެރިވާން ޖެހެ އެވެ.
މާލޭ ސަރަހައްދުގެ ބިމަކީ އަގުހުރި ޖަވާހިރެއް ފަދަ ބިމެވެ. މިހާރު ގައުމަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ދިވެހި ދައުލަތަށް ފައިސާ ބޭނުންވެ އެވެ. ދިވެހި ދައުލަތަށް އިންތިހާއަށް ގެއްލުންވާ ގޮތަށް މާލޭ ސަރަހައްދުން ބިން ބަހާލުމަކީ ރައީސް އިބުރޭ ހައްޔަރު ކުރަން ޖެހޭ ބޮޑު ބިޔަ ޖަރީމާ އެކެވެ. ރައީސް ސުލޯ އިބުރޭ އަކަށް ދުވަހަކު ވެސް ރައްޔިތުން މާފެއް ނުކުރާނެ އެވެ. އޭނާ ގައުމަށް ގައްދާރުވެއްޖެ އެވެ.
ރައީސް އިބުރޭ ހިންގި މި ބޮޑު ޖަރީމާއަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އިބުރޭ ގައުމަށް ވެފައިވާ ބޮޑު ހިޔާނާތެކެވެ. އޭނާ ހައްޔަރުކޮށް އުމުރަށް ޖަލަށް ލާންޖެހެ އެވެ. ވެރިކަމަށް އަންނަ އެހެން ރައީސުންނަށް މިފަދަ ކަންކަން ކުރަން ނުކުރޭނީ އޭރުން ނެވެ.
ރައީސް ޑރ. މުއިއްޒެވެ. އިބުރޭ ނުހައްގުން ބަހާލި ބިންތައް އަލުން އަބުރާ ދައުލަތަށް ނަނގާށެވެ. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ގައުމަށް އިބުރޭ ވެފައިވާ ހިޔާނާތެކެވެ. ރަގަޅެވެ. ރައްޔިތުންގެ ތެރެއިން ނިކަމެތި ހައްގުވެރިންނަށް މާލޭ ސަހައްދުން ކުޑަ އަގެއްގައި ބިން ދެވިދާނެ އެވެ. އެހެންނަމަވެސް ގައުމު ބަގުރޫޓުކޮށްލައި މުޅި ރައްޔިތުން ހަނާވާ ގޮތަށް މި ގޮތަށް ބިން ބަހާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ރައީސް ޑރ. މުއިއްޒެވެ. ބިލިޔަން ރުފިޔާގެ މި ބިންތައް ވިއްކަވައިގެން ނަމަވެސް ގައުމު ވަމުންދާ ބަގުރޫޓުން ދިވެހިން ސަލާމަތް ކުރާށެވެ. ޖަވާހިރު ބިންތައް އަތުލާށެވެ.