355 ބިލިޔަން ޑޮލަރުގެ ދެ ފިރިހެނުން!
ދެންމެ | 06 ޖުލައި 2024

މި ފޮޓޯގައި ތިބީ ޖުމްލަ 355 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ހުރި ދެ ފިރިހެނުންނެވެ. އެހެންނަމަވެސް އެ ދެމީހުންގެ ގައިގައި އެއްވެސް ބްރޭންޑެޑް އައިޓަމެއް ނެތެވެ.

މިއިން އެއްވެސް މީހަކު ރޯލެކްސް ގަޑިއެއް އަޅާފައެއް ނެތެވެ. އެކަމަކު އެމީހުންނަށް މުޅި ރޯލެކްސް ކުންފުނި 50 ފަހަރު ގަނެވޭވަރުގެ ފައިސާ އެބަހުއްޓެވެ. ލުއި ވިޓޯންގެ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެމީހުންގެ މުއްސަނދިކަމުގެ 10 އިންސައްތައަށްވުރެ މަދުން މުޅި ލުއި ވިޓޯން ބްރޭންޑް ގަނެވޭނެއެވެ.

މި ފޮޓޯގައި އެމީހުން ލައިގެން ތިބި ހެދުންތައް މާހިރުން ދިރާސާކުރުމުން ދައްކާގޮތުގައި އެއީ ވޯލްމާޓުން ލިބޭވަރުގެ އާދައިގެ ހެދުންތަކެކެވެ.

މި ފޮޓޯއިން ޙިކުމަތް ދަސްކުރާށެވެ. ބޭނުންވާ ތަކެތި ގަންނާށެވެ. މުއްސަނދިކަން ދައްކާލުމަށް ތަކެތި ނުގަންނާށެވެ. މުއްސަނދިކަން ދައްކާލަން އުޅެ ބަނގުރޫޓު ނުވާށެވެ. އޭގެ ބަދަލުގައި އާދައިގެ މީހެއްގެ ގޮތުގައި ފެނިފައި، އާދަޔާ ޚިލާފަށް އިންވެސްޓްކޮށްގެން މުއްސަނދިވާށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!