2023 ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އަޅުގަނޑަށް: ރައީސް ސޯލިހް
ދެންމެ | 08 ޖޫން 2022

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް އެންމެ މުހިއްމީ އެމްޑީޕީގެ ވެރިކަމަށް ރާއްޖޭގައި އޮތުމުން ކަމަށާއި، އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ.

ރައީސް ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި އެތައް މަޝްރޫއުތަކެއް ފެށިގެން އެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި، އެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާންޖެހޭ ކަމަށެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ރައްޔިތުންގެ ވޯޓުގެ 30 އިންސައްތަ ލިބޭ މީހަކު ގެނައުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި، ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭނީ ރައްޔިތުންގެ 50 އިންސައްތަ ވޯޓު ލިބޭ މީހެއް ކަމަށެވެ.

”އެއްވެސް ޕާޓީއަކަށް 50 އިންސައްތަ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް. އަޅުގަނޑަށް ޔަގީންކަން އެބައޮތް އެމްޑީޕީއިން އަޅުގަނޑު ނިކުމެ 2023 ގެ ވެރިކަން ކާމިޔާބު ކުރާނަން. ކެނޑިޑޭޓަކު ހޮވާނީ ޕާޓީގެ ކޮންގްރެސް އަކުން. އެކަމު އަޅުގަނޑަށް ޔަގީންކަން އެބައޮތް އަޅުގަނޑަށް 2023 ގެ ވެރިކަން ކާމިޔާބު ވާނެ ކަން.“ ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީއިން 2023 ވަނަ އަހަރުގެ ވެރިކަން ބޭނުން ކަމުގައިވާނަމަ އެކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ އެމަނިކުފާނު ކަމަށެވެ. އަދި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައިސް ސޯލިހު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!