ރައީސް އިބުރޭ އަންނާތީ ބިލެތްފަހީ ހޮޓަލަކުން މީހުން ގަދަ ބާރުން ބޭރުކޮށްފި
ދެންމެ | 01 އޯގަސްޓް 2023

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގަންނަވާތީ ށ. ބިލެއްފަހީ ކެފޭއެއްގެ ތެރެއަށް ވަދެ ފުލުހުން އެތަނުގައި ތިބި މީހުން ނެރެފިއެވެ.

ބިލެއްފަހީގައި ހުރި ކެފޭއެއްގެ ތެރޭއަށް ފުލުހުން ވަދެ އެތަނުގައި ތިބި މީހުން ނެރެފައިވާއިރު އެރަށުގައި އިދިކޮޅު ޕީޕީއެމްއިން ދަމާފައިވާ ބެނާތައް ފުލުހުން ނިކުމެ މިއަދު ކަނޑާލާފައެވެ.

މި ފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ރައީސް އިބްރާހިމް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް ތާއީދު ނުކުރާތީ އެމަނިކުފާނު ވަޑައިގަންނަވަންވާއިރަށް އެރަށު ގެއެއްގެ ކުރިމަތީގައި ފިލާ ޖަހައި ބަންދުކުރި މައްސަލައެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

އޭގެއިތުރަށް ފުވައްމުލަކުގައި ރައީސް އިބްރާހީމާއި ދެކޮޅަށް މުޒާހަރާކުރި ބައެއް މީހުން ހައްޔަރުކުރުމަށް އެމަނިކުފާނުގެ ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދާއި ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ފުލުހުން ވަދެ، އެތަނުގައި ތިބި ބައެއް ކަސްޓަމަރުންނަށްވެސް އަނިޔާކޮށްފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ހުރަސް އަޅާކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!