ޒުވާން މެސީ 17 އަހަރު ކުރިން ޔަމާލަށް ދިން ’ބޭބީ ސަވަރ‘
ދެންމެ | 10 ޖުލައި 2024

މީގެ ގާތްގަނޑަކަށް 17 އަހަރު ކުރިން ޖޯއަން މޮންފޯޓް ޗެރިޓީ ކެލެންޑަރަކަށް ތުއްތު ކުއްޖަކާއެކު ލިއޮނަލް މެސީ އަތުލައިގަތްއިރު، އޭނާއަށް ކުރިން ފެނުނީ އެ ޒުވާނާގެ މުސްތަގުބަލުގައި ފުޓްބޯޅައިގެ ތަރިކަމަށެވެ.

އޭނާއަށް ނޭނގުނު، އެ ތުއްތު ކުއްޖާވެސް މަޝްހޫރުކަމަށް އަރާނެ ކަމެވެ.

މިހާރު ވައިރަލްވަމުން އަންނަ ފޮޓޯތަކުގައި ފެންނަ އެ ތުއްތު ކުއްޖާއަކީ އެންމެ 16 އަހަރުގައި ފުޓްބޯޅައިގެ ލެޖެންޑުންނާ އަޅާކިޔާ ސްޕެއިންގެ ޕްރޮޑިޖީ ލަމީނޭ ޔަމަލް ނޫން އެހެން ކުއްޖެކެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި މިހާތަނަށް ސްޕެއިން ތަމްސީލުކުރި އެންމެ ޒުވާން ކުޅުންތެރިޔާ ޔަމަލް ވަނީ ތާރީހު ލިޔެފައެވެ.

2007 ވަނަ އަހަރުގެ ގިނަ ދުވަސްތަކެއް ވަންދެން ހަނދާން ނެތިފައިވާ އެއް ފޮޓޯ އަލުން ފެނިގެން ދިޔައީ ޔަމަލްގެ ބައްޕަ މިދިޔަ ހަފްތާގައި އިންސްޓަގްރާމްގައި ”ދެ ލެޖެންޑެއްގެ ފެށުން“ މި ކެޕްޝަން ޖަހައިގެންނެވެ.

ދަ އެސޯސިއޭޓެޑް ޕްރެސް އާއި އެހެނިހެން ތަންތަނުގެ ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 56 އަހަރުގެ މޮންފޯޓް ބުނީ ފޮޓޯ ޝޫޓް ކުރިއަށް ގެންދިޔައީ 2007 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާގެ ކެމްޕް ނޯގެ ވިޒިޓާސް ލޮކަރު ރޫމްގައި ކަމަށެވެ.

ލޯކަލް ނޫހެއް ކަމަށްވާ ޑިއާރިއޯ ސްޕޯޓްސް އާއި ޔުނިސެފް އިން ކޮންމެ އަހަރަކު ބާއްވާ ޗެރިޓީ ޑްރައިވެއްގެ ތެރެއިން ބާސެލޯނާގެ ކުޅުންތެރިން ކުޑަކުދިންނާއި އާއިލާތަކާ އެކު ކެލެންޑަރަކަށް ޕޯޒް ކުރި އެވެ. ފޮޓޯ ޝޫޓްތައް ކުރިއަށް ގެންދިޔައީ މޮންފޯޓް — އަދި ހަމަ ކަންދިމާކުރި ގޮތުން މެސީ ޖޯޑުކޮށްލީ ޔަމަލްގެ އާއިލާއާ އެވެ. އިކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ އޭނާގެ މަންމަ ހުރީ އެއް ފޮޓޯގައި މެސީ އާއި ތުއްތު ކުއްޖާގެ ކައިރީގަ އެވެ.

”އަޅުގަނޑުމެން ކަލަންޑަރު ހެދީ ޔުނިސެފްގެ އެހީގައި. ޔުނިސެފުން ވަނީ ލަމީންގެ އާއިލާ ދިރިއުޅޭ މަޓާރޯގެ ރޯކާ ފޮންޑާގެ އަވަށްޓެރި ރަށުގައި ގުރުއަތު ނަގާފައި. އެމީހުން ގުރުއަތު ނަގާފައި ވަނީ ބާސާގެ ކުޅުންތެރިއަކާ އެކު ކެމްޕް ނޯގައި އެމީހުންގެ ފޮޓޯ ނެގުމަށް. އަދި އެމީހުން މޮޅުވީ، “ މޮންފޯޓް ބުންޏެވެ.

އެއީ ފަސޭހަ އެސައިމެންޓެއް ނޫން ކަމަށް އޭނާ ހަނދާން ކޮށްދިނީ މައިގަނޑު ގޮތެއްގައި ޝޫޓަށް ޕްލާސްޓިކް ޓަބެއްގައި ހުރި ތުއްތު ލަމީނޭއާ މުއާމަލާތް ކުރާނެ ގޮތެއް މެސީއަށް ޔަގީން ނުވާތީ އެވެ.

”މެސީ އަކީ ކިތަންމެހާވެސް އިންޓްރޮވަރޓެޑް ކުއްޖެއް، އޭނާ ލަދުގަންނަ ކުއްޖެއް،“ މޮންފޯޓް ބުންޏެވެ. ”އޭނާ އެހެން ލޮކަރު ރޫމަކަށް ވަދެގެން ދިޔައިރު ފެނުނީ ފެން ފުރިފައިވާ ޕްލާސްޓިކް ޓަބަކާއި އޭގައި ތުއްތު ކުއްޖެއް. އެއީ ކޮމްޕްލިކޭޓެޑް ކަމެއް. ފުރަތަމަ އޭނަ ހިފަހައްޓާނެ ގޮތެއް ވެސް ނޭނގުނު.“

އޭރު މެސީގެ އުމުރަކީ 20 އަހަރު ކަމަށާއި ކުރިން ވެސް ބޮޑު ހުނަރެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ބާސެލޯނާ އާއި އާޖެންޓީނާ އަށް އޭނާގެ ޖީލުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރަން ދެތިން އަހަރު ނަގާނެ ކަމަށެވެ.

މެސީ ފަދައިން ޔަމާލް ވެސް ވަނީ ބާސެލޯނާގެ މަޝްހޫރު ލަމާސިއާ ޔޫތު އެކަޑަމީގެ ތެރެއިން ދަތުރުކޮށްފަ އެވެ.

އުމުރުން ދުވަސްވީ ނަމަވެސް އޭނާ އަކީ ސްޕެއިންގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔޫރޯ 2024 ގައި ސެމީ ފައިނަލުގައި އޭނާގެ ޓީމު ވާދަކުރާނީ ފްރާންސްއާ ދެކޮޅަށެވެ. ބާލިންގައި ކުޅޭ ފައިނަލް މެޗުގެ އެއް ދުވަސް ކުރިން ހޮނިހިރު ދުވަހު ޔަމަލްއަށް 17 އަހަރު ފުރޭނެ އެވެ.

އުމުރުން 56 އަހަރުގެ މޮންފޯޓް އަށް 2007 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް ޓްރެންޑް ކުރަން ފެށުމުން ރައްޓެއްސަކު މެސެޖު ކުރި އިރު ވެސް އެ ފޮޓޯތަކުގައި ޔަމަލް ކަން ނޭނގުނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާސެލޯނާއަށް ފަހު 1991 ވަނަ އަހަރުން ފެށިގެން ސްޕޯޓްސް ފޮޓޯގްރާފަރެއްގެ ގޮތުގައި ދިގު ކެރިއަރެއް ކުރިއަށް ގެންދިޔަ ނަމަވެސް އޭނާގެ އެއްވެސް ފޮޓޯއެއްގެ ވަށައިގެން މިވަރުގެ ފޯރިއެއް ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ކަމަށް ބުންޏެވެ.

”މިފަދަ އިހުސާސެއް އުފެދިފައިވާ އެއްޗަކާ ގުޅިފައި ހުރުމަކީ ވަރަށް ފޯރިގަދަ ކަމެއް،“ އޭނާ ބުންޏެވެ. ”ތެދު ބުނާނަމަ ވަރަށް ސަޅި އިހުސާސެއް.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!