އިންތިހާ ބަރުކުރުމުން އާގަލާ ބޯޓު ފުލުހުން ހިފަހައްޓައިފި
ދެންމެ | 08 ޖޫން 2022

ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ”އާގަލާ“ ބޯޓް ފުލުހުން ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:40 ހާއިރު މާލެ އޭރިއާ ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލޭން އައްޑޫ ސިޓީ އަށް ދަތުރުކުރަމުންދިޔަ ”އާގަލާ“ ބޯޓް ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ހިފަހައްޓާފައިވާ ކަމަށެވެ.

އެގޮތުން އެ ބޯޓު ހިފެހެއްޓީ ގަވާއިދާ އެއްގޮތަށް މުދާ ބަރު ކުރުމަށްފަހު ނޫނީ ނުފުރޭ ގޮތަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އޮޑިދޯނި ދުއްވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!