ގައުމު ބަގުރޫޓްވި ކަމަށް ފެންނަނީ ކުރީގެ ސަރުކާރުތަކާއި ހެދި: މަސްހޫރު ބަގުރޫޓް ފައްޔާޒު
ދެންމެ | 24 އޯގަސްޓް 2023

މިދިޔަ ފަސް އަހަރު ކުރަން ޖެހުނު ކަމަކީ ބަޔަކު ހާވާފަ ހުރި ހަޑި ސާފު ކުރުން ކަމަށާއި ގައުމު ބަގުރޫޓުވި ކަމަށް ފެންނަނީ އެހެންވެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ބަގުރޫޓު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްވަމުން ފައްޔާޒު ވިދާޅުވީ މެނިފެސްޓޯގެ މި ސިޔާސަތުތަކަކީ މިދިޔަ 20 އަހަރެއްހާ ދުވަހު މަގުމަތީގައި ރައްޔިތުންނާއެކު އުޅެ ވާހަކަދައްކައި ސަރުކާރުގެ 5 އަހަރުން ކުރި ތަޖުރިބާއާ މެދު ވިސްނައިގެން އެކުލަވާލި ސިޔާސަތުތަކެއް ކަމަށެވެ.

އަދި ކޮވިޑް ވެސް އައިސް ދިޔައިރު ވެސް މި ސަރުކާރު ނުދަރާ ކަމަށާއި އަދިވެސް ކުރިޔަށް ދަނީ ރަނގަޅު ސިޔާސަތުތަކާއި ޕްލޭންތައް ކުރެވިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“ކުރިއަށް ވުރެ މާ ވަރުގަދަ އިގްތިސާދަކަށް އަޅުގަނޑުމެން މިވަނީ ބަދަލުވެފައި, ގައުމު ބަގުރޫޓު ވާހަކަ ދައްކާ އިރު އެއްވެސް ބޭފުޅަކަށް ނުދެންނެވޭ އެބޭފުޅުންގެ ސިޔާސަތަކީ ކޮބާކަމެއް ނުދެރުމަށް” ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަލްސާގައި ވަނީ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު ”އިގުތިސާދީ ބޮޑު ބަދަލު“ އިއުލާންކޮށްފައެވެ. އެ ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ ބާރުވެރި އިގުތިސާދު، އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސާދެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!