އާނަންތު އަމްބާނީގެ އަގު ބޮޑު ކައިވެނި ހަފްލާއަށް ނަޝީދު!
ދެންމެ | 13 ޖުލައި 2024

އިންޑިއާގެ މަހުޖަނެއް ކަމަށްވާ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު، އާނަންތު އަމްބާނީގެ އަގުބޮޑު ކައިވެނި ހަފްލާގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ކައިވެނީގެ ރަސްމީ ހަފްލާ ބާއްވާފައިވާއިރު، މިއަހަރުގެ ކުރީކޮޅުން ފެށިގެން މި ކައިވެންޏާއި ގުޅޭ އެކިއެކި ހަފްލާތައް ދިޔައީ ބާއްވަމުންނެވެ.

އުމުރުން 29 އަހަރުގެ އާންނަތު އާއި ރާދިކާ މާޗަންޓް، 29،ގެ ކައިވެނި ހަފްލާ ރޭ ބާއްވާފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ނަޝީދު މި ހަފްލާއަށް ވަޑައިގެންނެވި ނަމަވެސް އެ ހަފްލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.

އާނަންތުގެ ކައިވެނި ހަފްލާގައި ބައިވެރިވި ސިޔާސީ ބައެއް ބޭފުޅުން.

  • އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު، ބޮރިސް ޖޯންސަން
  • އިނގިރޭސިވިިލާތުގެ ކުރީގެ ބޮޑު ވަޒީރު، ޓޯނީ ބްލެއަރ
  • ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ
  • އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޖޯން ކެރީ
  • ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު، ސްޓެފެން ހާޕާ
  • ޓަންޒާނިއާގެ ރައީސް، ސާމިއާ ސުލުހު ހަސަން
  • އޮސްޓްރިއާގެ ކުރީގެ ބޮޑު ވަޒީރު، ސެބަސްޓިއަން ކާޒް
  • ސުވިޑެންގެ ކުރީގެ ބޮޑު ވަޒީރު، ކާލް ބިލްޑް
  • އައިއޯސީގެ ނައިބު ރައީސް، ޖުއާން އެންޓޯނިއޯ ސަމަރަންޗް

ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ވެރިންގެ އިތުރުން ވެސް މި ހަފްލާގައި ބޮލީވުޑުގެ ހުރިހާ ފަންނާނުން ވެސް ވަނީ ބައިވެރިވެފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަފްލާއަށް ޖުމްލަ 320 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ވަނީ ހޭދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!