ޑްރޯނެއް ގަންނަން ފުވައްމުލައް ކައުންސިލުން ދުނިޔެއަށް އިއުލާނުކޮށްފި
ދެންމެ | 19 ޖުލައި 2024

ޑްރޯނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލަށް ޑްރޯނެއް ސަޕްލައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ”ދެން“ އަށް ވިދާޅުވީ އެ ކައުންސިލަށް ޑްރޯނެއް ހޯދަނީ ލޭންޑް ޔޫސް ޕްލޭން ހެދުމަށާއި ސާވޭތައް ކުރުމަށް ފަސޭހަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފުސީލާ އެކު ހުށަހެޅުމަށް ފުވައްމުލައް ކައުންސިލުން ވަނީ އެދިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓް މެއިލް ކުރެވޭނެ ކަމަށާއި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމް އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!