އެމްޑީޕީ ގައުމީ މަޖިލީހުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ދެންމެ | 20 ޖުލައި 2024

އިިދިކޮޅު މައި ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިދިޔަ 5 އަހަރު ރާއްޖޭގެ ވެރިކަންކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ އޮގަސްޓް މަހުގެ ދޭއްވާ ހުކުރު ދުވަހު އެވެ.

ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ތިބޭ އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނީ، މިއަދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، މި މަހުގެ 9 ގައި އާއްމުކުރި ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ރީ-ރެޖިސްޓްރޭޝަނަށް ގެނެވުނު ބަދަލުތަކަށް ކަމަށެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ 14:00 އާ ހަމަޔަށް އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!