މިޔަރުތަކެއް ޑްރަގަށް ޕޮޒިޓިވް ވެއްޖެ
ދެންމެ | 23 ޖުލައި 2024

ބްރެޒެލްގެ ކަނޑުގެ ސަރަހައްދުގައި އުޅޭ މިޔަރުތައް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ.

ބްރެޒިލްގެ އޮސްވޯލްޑް ކްރުޒް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ދިރާސާގައިވަނީ 13 މިޔަރެއް ޓެސްޓުކޮށްފައެވެ. އަދި މި 13 މިޔަރުވެސް ޑްރަގްސްއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ބްރެޒިލްއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކުން ފުލުހުންގެ ކިބައިން ސަލަމާތްވުމަށް ނުވަތަ މަސްތުވާތަކެތި ފޮރުވުމަށްޓަކައި މޫދަށް އެ އެއްޗެހި އަޅައެވެ. މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަސަރުކުރާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭ ދިރާސާތަކަކާއި ޓެސްޓުތަކެއް ހެދިގެން މިދިޔައީ އަލަށެވެ. އެހެން ނަމަވެސް ކޮކެއިންގެ އަސަރުކޮށްފައިވާ މިންވަރާއި މީގެ މިިޔަރަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މި ދިރާސާ އަދި އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

މިޔަރު އިންސާނުންނަށް ހަމަލާދޭ މިންވަރު އިތުރުވެފައިވާއިރު، މިއީވެސް ޑްރަގްސް ސަބަބުން އޭގެ އުޅުމަށް އަންނަމުންދާ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންކަމުން މި ދިރާސާގެ ދެވަނަ މަރުހަލާގައި މިކަންތައްތައް ހާމަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!