ފައިސާ ގެއްލެނީ ފާޑުފާޑުގެ އެއްޗިއްސަށް ފިއްތާތީ، ބޭންކްގެ މައްސަލައެއް ނެތް: ބީއެމްއެލް
ދެންމެ | 24 ޖުލައި 2024
މިއަހަރުގެ މިހާތަނަށް ހިންގި ސްކޭމްތަކުގެ ގިނަ މައްސަލައަކީ ވައިބާ ހެކްކޮށްގެން ފައިސާ ފޭރިގަން މައްސަލަތައްކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އެ ބޭނުންކުން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަމުންނެވެ.

ބޭންކުގެ ޑިރެކްޓަރު އޮފް ރީޓެއިލް ބިޒްސަން އެސްއެމްއީ މޫސާ ނިމާލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1400 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށެވެ. އޭގެތެރެއިން ގިނައީ އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތައްކަމަށް އޭނާ ވިދާޅުވިއެވެ.

“ 39 އިންސައްތައަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ޓްްރާންސްފާ ކޮށްފައި ހުރި ކޭސް. 35 އިންސައްތައަކީ އެކި ކަހަލަ މާކެޓް ފްލޭސްތަކުގައި އެއްޗިހި ވިއްކަން ޖަހާފައިވާ އެޑްތަކަށް ރިޕްލައިކޮށްގެން މުދާ ގަތުމަށް ލާރި ފޮނުވައިގެން އެއަށް ވީ ގޮތެއް ނޭންގުމުގެ މައްސަލަ. 20 އިންސައްތަކީ ވައިބާ ޓެލަގްރޭމްގައި ހިންގާ ފޮރިން ކަރަންސީ ސޭލްގައި ބައިވެެރިވެގެން އެއަށް ފައިސާ ފޮނުވާފައިވާ މައްސަލަތައް. ހަ އިންސައްތަ ކޭސް އިންނަނީ އިންޓަނެޓް ލޮގިން ކޮމްޕްރޮމައިޒް ވެގެން.“ ނިމާލް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައިވެސް  ބީއެމްއެލްގެ ބީއެމްއެލްގެ ސިސްޓަމެއްގެ ލޮގިން ސެކިއުރިޓީ ކޮމްޕްރައިމައިޒް ނުވާނަކަމަށް ނިމާލު ވިދާޅުވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ ބޭންކުން ޓޫ ފެކްޓާ އޮތެންޓިކޭޝަން ހަދާފައިވުންކަމަށް ނިމާލު ފާހަގަކުރެއްވިއެވެ.

ސްކޭމް މައްސަލަތަކުގައި ބީއެމްއެލްގެ މުވައްޒަފުން ބައިވެރިނުވާކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަސް ބީއެމުން ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގައި ބުނެފައެވެ. އަދި މި ފަދަ މައްސަލައެއްގެ ތަހުގީގުގައިވެސް އެކަން ފާހަގަވެފައި ނުވާކަން ބޭންކުން ފާހަގަކުރިއެވެ. 
މިއަހަރުގެ ފުރަތަމަ ފަސްމަހު ސްކޭމްގެ 877 މައްސަލަ ވަނީ ރިޕޯޓްކޮށްފައިވާއިރު އެ މައްސަލަތަކުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން  ފޭރިގަންފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

މި އަދަދުތަކަށް ބަލާ މިއަހަރު ނިމޭއިރު 49 މިލިއަން ރުފިޔާ ހަމައެކަނި ސްކޭމް ކޮށްގެން ފޭރިގަންނާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ.  އެއީ މަހަކު 192 މައްސަލައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!