ބުރިޖުން ދަތުރު ކުރާ އުޅަނދުތަކުން ޓޯލްފީ ނަގަން ނިންމައިފި
ދެންމެ | 24 ޖުލައި 2024

މާލެއިން ހުޅުމާލެއާ ހަމައަށް ގުޅާލާފައިވާ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލްފީ ނެގުމަށް ނިންމައިފި އެވެ.

މި ކަން ބަޔާންކޮށްފައިވަނީ މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހިމަނައިގެން ފަރުމާކޮށްފައިވާ ”މާލެ ފަހި“ ޕްރޮގްރާމްގެ ބުކްލެޓްގަ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި އެ ޕްރޮގްރާމުގެ ފޮތުގައި ލިޔެފައިވާ ގޮތުން ޓޯލް ފީ ނަގަން ނިންމި ސަބަބަކީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެފަދަ ފީއެއް ނެގުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ.

ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް މުއިއްޒު ހުންނަވައި ނިންމަވާފައިވެ އެވެ. ނަމަވެސް ދެން އައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ނިންމުން ތަންފީޒެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!