މިއުޒިކް ކިޔަވައިދޭނެ ސުކޫލުތަކެއް ގާއިމް ކުރަނީ
ދެންމެ | 13 ޖޫން 2022

މިހާތަނަށް ރާއްޖޭން ނުލިބޭ ފަދަ ތައުލީމު ލިބޭ ގޮތަށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި މޮޑެލް ކޮންސެޕްޓުގެ ސުކޫލުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ތަރައްގީކުރާ ފަސް މޮޑެލް ސުކޫލުގެ ތެރެއިން ދެ ސުކޫލެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

”މި ސުކޫލުތައް ވާނެ މިހާތަނަށް ރާއްޖޭގައި ދިވެހިރާއްޖެއިން ނުލިބޭ ފަދަ ތައުލީމު ލިބޭ ތަންތަަނަށް، އަޅުގަނޑު މިހެން މިދަންނަވާލީ މިހާރު އަޅުގަނޑުމެންގެ ސުކޫލުތަކުގައި ނުކިޔަވައިދޭ ބައެއް ތަކެތި ވެސް މި ސުކޫލުތަކުގައި ކިޔެވޭނެ،“ މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން، ސްޓެމް އެޑިއުކޭޝަން (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު) އާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ އިތުރުން މިއުޒިކާއި އާޓްސް ފަދަ މާއްދާތައް މި ސުކޫލުގައި ކިޔަަވައިދޭނެ ކަމަށް ވިދާޅުވި އެވެ.

މި ސުކޫލުތައް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށީ ސިޓީގެ ދެ ސުކޫލެއްގަ އެވެ. ބާކީ ތިން ސުކޫލު ގާއިމް ކުރަނީ ކޮން ރަށްރަށެއްގައި ކަމެއް މިނިސްޓަރު ވިދާޅެެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!