އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެ ސިފާ މާފަށް އެދިއްޖެ.
ދެންމެ | 15 ޖޫން 2022

ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ޝިފާ އިތުރު އަންހެނަކާއެކު ފާހިޝްއަމަލު ހިންގި ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއި ގުޅިގެން ޝިފާ މާފަށް އެދިއްޖެއެވެ.

ޝިފާ މާފަށް އެދިފައި މިވަނީ ފޭސްބުކްގައި ޝިފާގެ ޕޭޖެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޕޭޖެއްގައި ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ޝިފާ ބުނެފައިވަނީ އޭނާގެ ކުށަށް އެންމެންގެ ކިބައިން މާފަށް އެދޭ ކަމާށާއި، އޭނާގެ އެއަމަލުތަކުގެ ސަބަބުން ގިނަ ބަޔަކު ދެރަވިކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، އެއްޖިންސުން ގުޅުން ހިންގުމަށް ސަޕޯޓުކުރުމުގެ ގޮތުން ބޭނުންކުރާ ރެއިންބޯ ކުލަ އަކީ އޭނާ ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ އޭނާ ރުޅިއައުމުގެ ސަބަބުން ކުރެވުނު ކަމެއް ކަމަށެވެ. އަދި އެކަމަކީ އެއްވެސް މީހަކު ދެރަކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށެވެ.

ޝިފާ އިތުރަށް ބުނެފައިވަނީ، އޭނާއަށް ކުށްތަކެއް ކުރެވިފައިވާ ކަމަށާއި، އެކުށްތަކާއި އަމަލުތަކަށް ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި ހެޔޮލަފާ ރަނގަޅު މީހަކަށް ވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!