އަލަމްގިރި ބަންދަށް 5 ދުވަސް ޖަހައިފި
ދެންމެ | 13 ޖުލައި 2022

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި އަލަމްގީރް ތަހުގީގަށް ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއް ޖިންސުން ޖިންސީގުޅުން ހިންގައި ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. މީގެ އިތުރުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެ ކޮޓަރީގައި އަލަމްގީރް އާއެކު އުޅޭ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ. އެ މައްސަލާގައި ނާޒިމާއި ކާނަލްގެ އިތުރުން އަލަމްގީރްގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހުން ދަނީ މައްސަލަ ތަހުގީގް ކުރަމުންނެެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލަމްގީރު ވަނީ 40 އަށް ވުރެ ގިނަ ދިވެހިންނާއި އެކު އެއް ޖިންސުންގުޅުން ހިންގައި އެމަންޒަރު ވީޑިއޯ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް