މިވެރިިކަމުގައި ބޮލަކަށް ޖެހޭ އަދަދު 17000 ޑޮލަރަށް ވުރެ މަތި ކުރާނަން: ރައީސް
ދެންމެ | 27 ޖުލައި 2024

މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ބޮލަކަށް ޖެހޭ މިންވަރު ހުރީ 13،000 ޑޮލަރުގައި ކަމަށެވެ. ނަމަވެސް 2028 ވަނަ އަންނައިރު އެ އަދަދު 17،000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސޯދީ ސިޔާދަތު ޔަގީންކޮށް، ހަރުދަނާކޮށް ގައުމު މުއްސަނދިކޮށް، ފަރުދުން މުއްސަނދި ކޮށްދެއްވާނެ ކަމަށެވެ.

އޭގެ ކުރިން ރައީސް ވަނީ އިގުތިސާދީ ގޮތުން ބޮޑު ބަދަލުތަކެއް ގެންނަން ކުރަމުން ގެންދާ ގިނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!