ވިސާ ފީ ދެއްކިޔަސް ޑީޕޯޓް ކުރާނަން: އިމިގްރޭޝަން
ދެންމެ | 03 އޯގަސްޓް 2024

ވިސާއަށް ހަމައަށް ފައިސާ ދެއްކިއަސް ގާނޫނަށް ބޯނުލަނބާނަމަ ޑީޕޯޓުކުރެވޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯ ނުލަނބާ، ގާނޫނު ތަކާއި ގަވާއިދުތައް މުގުރަމުން، އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރެވޭނެ ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއަށް ހަމަ އަށް ފައިސާ ދެއްކުމަކީ އަދި އެމީހާ ގަވާއިދުން އުޅޭ ފަރާތެއް ކަމަށް ބަލާ ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނަށް ބޯނުލަނބާނަމަ އެ ފަރާތެއް ރާއްޖެއިން ފުރުވާލެވޭނެ ކަމަށެވެ.

”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާނޫނު ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާ ކުރާނެ،“ ޝަމްއާން ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން މާލެ ސަރަހައްދުގައި ބިދޭސީން ތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން އެމީހުންނާމެދު ފިޔަވަޅު އަޅާފައި ވަނިކޮށެވެ. މި މައްސަލައިގައި ކަމާބެހޭ އިދާރާތަކުން ވަނީ ތަހުގީގުކޮށް ހަ ބިދޭސީއަކު ޑީޕޯޓް ކުރަން ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!