މިވެރިން ހިތަށް އެރިހާ ވައުދެއްވެ، ރައްޔިތުން ގުބޯ ހައްދަން، މިއީ އަމާބަފާ ވާރުތަ މުދާ ހެއްޔެވެ!
ދެންމެ | 31 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ ވޯޓަށް ގާތްގަނޑަކަށް ހަފްތާއަކަށް ކުޑަތަންވެފައިވާއިރު ކޮންމެ މީހަކު ވެސް ދަނީ އެމީހަށް ވެވުނު ވައުދެއް ވަމުންނެވެ. ކުރެވޭނެ ކަމެއް ނުކުރެވޭނެ ކަމެއް ތަނެއް ދޮރެއް ބަލާލުމެއް ނެތެވެ.

މިހާރު ވެރިކަމުގައި ހުރި ރައީސް އިބުރޭގެ ހާލުވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. މިދިޔަ 5 އަހަރު ވީ ވައުދުތައް ފުއްދަން ނުވެސް ފެއްޓުނެވެ. އެހެންނަމަވެސް އަނެއްކާ ނިކުމެ އާ ވައުދުތަކެއް ވާން ފަށައިފި އެވެ.

އަޖައިބެއް ފަދަ އެވެ. ރައްޔިތުން ގުބޯ ހެއްދުމުގައި ހައްދެއް ހަމައެއް ލަމައެއް ނެތެވެ. ރައްޔިތުންގެ ނިކަމެތި ކަމުގެ ފައިދާ މިވެރިން ދަމާލަނީ އެވެ

ދޮގުހެދުމާއި މަކަރާއި ހީލަތަކީ ސިޔާސީ މީހުންގެ އާ ކަމެއް ނޫނެވެ. އަބަދުވެސް ވެރިކަން ކޮށްއުޅެނީ ރައްޔިތުން ދޮގުހަދާ އޮޅުވާލައިގެންނެވެ.

ދިވެހި ރައްޔިތުންގެ ހަޒާނާއިން ވައްކަން ކޮށްގެން ވެރިންނަށް ތިބޭ ބައެއްގެ ޖީބުތައް ފުރާލައިގެންނެވެ. ރައްޔިތުން ނިކަމެތި ހާލުގައި ބޭތިއްބުމަކީ ސިޔާސީ ވެރިންގެ އެންމެ މުހިއްމު އެއް ސިފަ އެވެ. މިކަމުގައި އިބުރޭއެއް ގާއްޓޭއެއް މުއިއްޓޭއެއް އަނިއްޓޭ އެއް ތަފާތެއް ނެވެ.

ރައްޔިތުން ހޭލަން ވެއްޖެ އެވެ. މިވެރިން ޖަހާ މ ނުބައި ރޭވުންތަކުން ނެއްޓި ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުން ހޯދަން ވެއްޖެ އެވެ. މިވެރިންނަށް ސަލާމް ޖެހުން ހުއްޓާލަން ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!